ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ހައްޔަރު ކޮށްފި އެވެ.
ބިދޭސީންގެ އަތުން ނާޖާއިޒް ފައިދާ ހޯދާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ރޭ ވަކިކުރި މުޙައްމަދު ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.
މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ ތަހުގީގުން މިހާތަނަށް ބެލިބެލުމުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެެހެެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި ބަލައިފާސްކުރި ގެއިން ޑިޓެންޝަނަށް ގެންދިޔަ ބިދޭސީން އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިކަމަށާއި އެ މީހުން ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރި ކަމަށެވެ. އަދި އެ ގެ ބަލައި ފާސްކުރަން އަމަލީގޮތުން އުޅުނު އިމިގްރޭޝަން މުވައްޒަފުން، މިނިވަންކުރި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، ބިދޭސީ އަތުގައި ހުރި ފައިސާތައް ހޯދައި އެ ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރަތަށް ވަތްކަން ފުލުހުންގެ ތަހުޤީޤުން އެނގޭކަމަށް ފުލުހުން ބުނެފައިވެއެވެ.





One Response
ބަލަ އެސޮރު އެކަނި ހައްޔަރު ކުރުން ކަޑަ…އެހެން ކުންފުނި ތަކުން ވައްކަން ކުރީމާ ކުރަނީ ސަސްޕެންޑް…އެއީ ބައިއެޅިގެން ކުރެވުނީމާ ވާގޮތްބާ?