ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހއ. އަތޮޅަށް ގެސްޓްހައުސްފައިނޭންސިންގ ޕްރޮޑަކްޓް ތަޢާރަފުކޮށްފިއެވެ.
މި ޕްރޮޑަކްޓް ތައާރަފްކުރުމަށް މިއަދު މެންދުރުފަހު ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިންގތަޢާރަފުކުރުމަކީ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށްބާރުވެރިކަން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް. މާލީހައްލުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެންގެމަޤުޞަދަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށާއި، އައު ފުރުޞަތުތައް އުފެއްދުމަށާއި،މި އަތޮޅުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ވިޔަފާރިވެރިންނަށް އެހީތެރިވުން"
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑްއެންވަޔަރަންމަންޓް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެއިތުރުން ބޭންކުގެ ޗެއަރޕާސަން އަދި ޗީފް ބިޒްނަސް އޮފިސަރބައިވެރިވެވަޑައިގެންނެވިއެވެ.
ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ގެސްޓްހައުސްފައިނޭންސިންގ ޕްރޮޑަކްޓު އިތުރަށް ފުރިހަމަކޮށް ގިނަ ބަޔަކަށް ފައިނޭންސްއަށްފަސޭހައިން ވާސިލުވެވޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފައިނޭންސިންގްއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތްހަމަޖައްސާފައިވެއެވެ.
ހއ. އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއްލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 165 އޭޓީއެމް، އޭޖެންޓުބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކުބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.




