ބީއެމްއެލް އިސްލާމިކް އިން ފިޠުރު ޢީދު ފާހަގަކުރުމަށާއި މުޖުތަމަޢުގެ ގުޅުންބަދަހިކުރުމަށް 10 ރަށެއްގައި ޢީދު ސައި ބާއްވައިފިއެވެ.
ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން މިއަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ރ. މީދޫ، މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫގައެވެ.
މި އަހަރު ޢީދު ސައި ބާއްވާފައި ވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ. ބީއެމްއެލް އިން މިދިޔައަހަރުވެސް 6 ރަށެއްގައި ޢީދު ސައި ބާއްވާފައިވެއެވެ.




