ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ދަޢުވަތަކަށް، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

May be an image of one or more people, newsroom, the Oval Office, dais and text
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ދަތުރުފުޅުގައި ދެ ޤަޢުމުގެ އިސްލާމީ ވުޒާރާގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމުގެ އިތުރުން، ކިންގު ޢަބްދުލްޢަޒީޒް ބައިނަލްޢަޤްވާމީ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

1981 ވަނަ އަހަރު ސިޔާސީ ގުޅުން ބަދަހިކުރުމުގެ ފަހުން، ސަޢޫދީޢަރަބިއްޔާއަކީ ދީނީ، މާލީ އަދި ޙައްޖުގެ ކަންކަމުގައި ރާއްޖެއަށް މުހިންމު އެހީތެރިކަމެއް ފޯރުކޮއްދެމުން އަންނަ ގާތް އެކުވެރި ގައުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *