މައްކާ ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ރާއްޖޭގެ ބައިވެރިޔަކު 4 ވަނަ ހޯދައިފި

133 ގައުމު ބައިވެރިވި މައްކާ ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ރާއްޖޭގެ މއ. އަސާސް، އަލްޙާފިޒާ ފާތިމަތު ޝާޔާ ޒާހިރު 4 ވަނަ ހޯދައިފި އެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތް ބާއްވާތާ 46 އަހަރު ވެފައިވާއިރު މި އަހަރުގެ މުބާރާތުގައި 133 ގައުމުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ނަތީޖާ ފާލުކުރުމަށް ރޭ ހަރަމްފުޅުގައި ބޭއްވި ރަސްމިއްޔާތުގައި މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން މއ. އަސާސް، އަލްޙާފިޒާ ފާތިމަތު ޝާޔާ ޒާހިރު 4 ވަނަ ހާސިލް ކުރުމާ ގުޅިގެން އިނާމުގެ ގޮތުގައި 170،000 ރިޔާލް ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *