ވޭމަންޑޫ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ތ. ވޭމަންޑޫގެ މައި 7 މަގެއްގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަންށް ބޭނުންވާ ސާމާނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެރަށަށް ގެންގޮސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މި މަޝްރޫޢުގެ ދަށުން 3.99 ކިލޯމީޓަރުގެ މަގުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުން ހިމެނޭއިރު، މިކަމަށް ބޭނުންވާ ހޮޅިތައް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. ޖުމްލަ 86.7 މިލިއަން ރުފިޔާ ޚަރަދުވާ މި މަސައްކަތް ނިންމުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ފޮޓޯ: އާރްޑީސީ

1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވޭމަންޑޫގައި ސަރުކާރުން ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި، އެ ދެމެދުގައިވާ "އެލާ" ފަތުރުވެރިކަމަށް ތަރައްޤީކުރުމުގެ އިތުރުން، މަގުހެދުމާއި، 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުން ހިމެނެއެވެ.

އަދި މީގެ އިތުރުން 50 އެނދުގެ ހޮސްޕިޓަލަކާއި، 1200 މީހުންގެ ޖާގައިގެ ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެރަށުގައި ޤާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *