އެމްޓީސީސީގެ ހިޔާ މަޝްރޫއުއަށް ބިން ހަމަޖައްސަން، ރައީސުލްޖުމްހޫރިއްޔާ އެޗްޑީސީއަށް ދަންނަވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ހިޔާމަޝްރޫއުއަށް ބިން ހަމަޖެއްސުމަށްޓަކައިހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ބައްދަލުކޮށް މަޝްވަރާކޮށްފައި އެވެ.

އެމްޓީސީސީން ބުނީ މި ހަފްތާގައި އެޗްޑީއާއެކު ބޭއްވި މި މަޝްވަރާތަކުގައި އިސްފަރާތެއްގެ ގޮތުން އެކުންފުނީގެ ފަރާތުން ބައިވެރިވެލެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީ ކަމަށެވެ. އަދި އެޗްޑީސީގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ކަމަށެވެ.

2017 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރި ހިޔާ މަޝްރޫޢުގެ ދަށުން އެމްޓީސީސީގެ ޓަވަރުތައް ވުޖޫދަށް އައިސްފައިނުވުމަކީ އެކުންފުނީގެ މުވައްޒަފުން އިންތިހާއަށްމާޔުސްވެ ހިތާމަކުރާ ކަމެއްކަމަށް އެކުންފުނިން ބުނެއެވެ.

އެހެންކަމުން މުވައްޒަފުންގެ ހެވާއި ލާބަޔަށްޓަކައި އެ މަޝްރޫއު ހިންގުމަކީ ކޮންމެހެންވެސް ކޮށްދޭންޖެހޭ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެކުންފުނީގެ ބޯޑާއި މެނޭޖުމަންޓުން ދެކިލައްވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެކުންފުނިން ބުނީ އެ ކުންފުނީގެ އެމްޑީ ސައުދީގެ އިސްނެންގެވުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިޔާ މަޝަރޫޢު އަލުން ކުރިއަށް ގެންދިޔުމަށްޓަކައި ބިމެއް ހަމަޖައްސައިދެއްވުން އެދިދެންނެވުމާއެކު، ރައީސް ޑރ މުޢިއްޒުވަނީ އެކަމަށް އިޖާބަދެއްވައި، އެމްޓީސީސީއަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން އެޗްޑީސީއަށް ސިޓީއަކުން ދަންނަވާފައި ކަމަށެވެ.

އިތުރަށް އެކުންފުނިން ބުނީ ރެޔާއި ދުވާލު ދާއޮހޮރުވައިގެން ބުރަކޮށް މަސައްކަތްކުރާ އިޚުލާސްތެރި މުވައްޒަފުން އެކޮށްދެއްވާ ބުރަ މަސައްކަތުގެ އަގު
ވަޒަންކުރުމަކީ އެ ކުންފުނީގެ މިއަދުގެ މެނޭޖްމަންޓުގެ އަމާޒެއް ކަމަށާއި، އެހެންކަމުން، މިއީ ހިޔާ މަޝްރުއުގެ ދަށުން ބޯހިޔާވަހިކަމަކަށް
އުންމީދުކޮށްގެން ތިބެ، އެތައް އަހަރުތަކެއް ވާންދެން މާޔުސްވެފައިވާ މުވައްޒަފުންނަށް ލިބޭނެ ވަރަށްވެސް އުފާވެރި ޚަބަރެއްގެ
ގޮތުގައި އެ ކުންފުނިން ދެކޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އަދި އެ ކުންފުނީގެ މެނޭޖްމަންޓްގެ އަމާޒަކީ، ބިން ހަމަޖެހުމާއެކު އެ މަޝްރޫއު ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *