ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ބެލުމުގެދަށުގަ ހުރި ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެނެސްފައިވާ ގިނަ އަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލަފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން 145 ފުޅި ބަނގުރަލާއި 398 ދަޅު ބިޔަރު ނައްތާލައިފައިވެއެވެ.

ފުލުހުން ބުނީ ނައްތާލި ތަކެއްޗަކީ 2026 ޖޫން 1 އިން އޮގަސްޓު 15ގެ ނިޔަލަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *