މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ދިރާސާކުރުމާއި ފިކުރީ ތަރައްޤީކުރުމަށް މަގުފަހިކޮށްދޭ މިފަދަ ހަރަކާތްތަކަށް އެއްބާރުލުންދިނުމަކީ އެ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، ތައުލީމީ ދިރާސާތަކާ ގުޅޭ މަސައްކަކަތްތަކަށް އަބަދުވެސް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްްދެމުންގެންދާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
އަދި ރާއްޖޭގެ ތައުލީމީ ދާއިރާއާއި ދިރާސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވެއެވެ.
އިސްލާމިކް ޔުނިވާސިޓީން މިމަހުގެ 30 އިން 31 އަށް ބާއްވާ މި ކޮންފަރެންސްގައި ޜާއްޖެއާއި ރާއްޖެއިން ބޭރުގެ އިލްމުވެރިންނާއި ދިރާސާކުރާ ފަރާތްތަކުން ބައިވެރިވެ އިލްމީ މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާއި އެކިއެކި ދާއިރާތަކުން ބިނާކުރަނިވި އިލްމީ ބަހުސްތައް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
2016 ވަނަ އަހަރުންފެށިގެން އިސްލާމިކް ޔުނިވާސިޓީން ބާއްވަމުންއަންނަ މިކޮމްފަރެންސްގެ ސަބަބުން ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށްވެސް އެ ޔުނިވާސިޓީން ބުނެއެވެ.