Advertisement
BML Home 2nd Ad

ޒަލްޒަލާ ސޫރަތުގެ ތަފްސީރު 5

ޤިޔާމަތްދުވަހުގައި ތިލަފަތުގައި ކިރޭނީ ޢަމަލުތައް ލިޔެވިގެންވާ ފަތްފުއްތައް ކަމުގައި ވިދާޅުވާ ބޭކަލުންގެ ދަލީލަކީ ގެ صاحب البطاقة (ކާޑުގެ ވެރިމީހާގެ) ޙަދީޘެވެ.
عن عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ قَالَ: رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : ( إِنَّ اللَّهَ سَيُخَلِّصُ رَجُلًا مِنْ أُمَّتِي عَلَى رُءُوسِ الْخَلَائِقِ يَوْمَ الْقِيَامَةِ فَيَنْشُرُ عَلَيْهِ تِسْعَةً وَتِسْعِينَ سِجِلًّا كُلُّ سِجِلٍّ مِثْلُ مَدِّ الْبَصَرِ ثُمَّ يَقُولُ أَتُنْكِرُ مِنْ هَذَا شَيْئًا أَظَلَمَكَ كَتَبَتِي الْحَافِظُونَ فَيَقُولُ لَا يَا رَبِّ فَيَقُولُ أَفَلَكَ عُذْرٌ فَيَقُولُ لا يَا رَبِّ فَيَقُولُ بَلَى إِنَّ لَكَ عِنْدَنَا حَسَنَةً فَإِنَّهُ لا ظُلْمَ عَلَيْكَ الْيَوْمَ فَتَخْرُجُ بِطَاقَةٌ فِيهَا أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ فَيَقُولُ احْضُرْ وَزْنَكَ فَيَقُولُ يَا رَبِّ مَا هَذِهِ الْبِطَاقَةُ مَعَ هَذِهِ السِّجِلاتِ فَقَالَ إِنَّكَ لا تُظْلَمُ قَالَ فَتُوضَعُ السِّجِلاتُ فِي كِفَّةٍ وَالْبِطَاقَةُ فِي كِفَّةٍ فَطَاشَتِ السِّجِلاتُ وَثَقُلَتِ الْبِطَاقَةُ فَلا يَثْقُلُ مَعَ اسْمِ اللَّهِ شَيْءٌ ) صحيح سنن الترمذي 2127.
ޢަބްދުﷲ ބިން ޢަމްރޫ ބުނުލް ޢާޞްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ހުރިހާ މަޚްލޫޤުތަކުންގެ ތެރޭގައިވާ ޙާލު މިއުންމަތުގެ މީހަކު، ﷲ ތަޢާލާ އެމީހުންގެ ތެރެއިން ވަކިކުރައްވާނެއެވެ. އަދި އެމީހަހަކަށްޓަކައި 99 ފަތްކޮޅު ފަތުރުއްވަވާނެއެވެ. އޭގެން ކޮންމެ ފަތްކޮޅެއް އޭނާގެ ލޮލުގެ ފެނުން ނިމޭ ހިސާބަށް ދިގުވެގެންވެއެވެ. ދެން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “ތިބާ މީގައިވާ އެއްވެސް ކަމަކަށް އިންކާރު ކުރަން ހެއްޔެވެ؟” ތިބާގެ ޢަމަލުތައް ލިޔުއްވާ ތިމަންއިލާހުގެ މަލާއިކަތުން ތިބާއަށް ބޭއިންސާފުކޮށްފައި ވޭ ހެއްޔެވެ؟” އޭނާ ބުނާނެއެވެ. “ޔާ ރައްބު! ނޫނެކެވެ.” ދެން ﷲ ތަޢާލާ އޭނާއަށް ވަޙީކުރައްވާނެތެވެ. “ތިބާއަށް އެއްވެސް ޢުޛުރެއް އެބައޮތް ހެއްޔެވެ؟” ދެން އޭނާ ބުނާނެއެވެ. “ޔާ ރައްބު! ނޫނެކެވެ.” ﷲ ތަޢާލާ އޭނާއަށް ވަޙީކުރައްވާނެއެވެ. “އަދި ކިޔެއް، ތިބާއަށްޓަކައި ތިމަންއިލާހުގެ ޙަޟްރަތުގައި ހެޔޮ ޢަމަލެއް ވެއެވެ. މިއަދު ތިބާއާ މެދުގައި ބޭއިންސާފުވެވުމެއް ނުވެއެވެ.” ދެން އޭގެ ފަހުގައި أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ (ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށްވެސް އަޅުހެކިވަމެވެ.) މިފަދައިން އޭގައި ލިޔެވިފައިވާ ކާޑެއް ގެނެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިބާގެ ފަތްފުއްތައް ގެންނާށެވެ.” ދެން އެމިހާ ބުނާނެއެވެ. ” ޔާ ރައްބު! މި ފަތްފުއްތަކާ އަޅާ ބަލާއިރު މި ކާޑަކީ މިއީ ކޮން އެއްޗެއް ހެއްޔެވެ؟” އެހިނދުގައި ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “ތިބާއާމެދުގައި ބޭއިންސާފު ނުކުރެވޭހުއްޓެވެ.” ދެން އޭގެ ފަހުގައި ތިލަފަތުގެ އެއް ކޮޅަށް އެ ކާޑު އަދި އަނެއް ކޮޅަށް އެ ފަތްފުއްތައްލެވޭނެއެވެ. އަދި އެފަތްފުއްތައް އެ ކާޑަށްވުރެ ލުއިވާނެއެވެ. ﷲ ގެ އިސްމުފުޅާ އަޅާކިރާއިރު އެހެން އެއްވެސް އެއްޗެއް އެއަށްވުރެ ބަރުނުވެއެވެ.
(ނުނިމޭ)

Advertisement
Etukuri Inside ad 300x300 Desktop
Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add