ގއ ކޮލަމާފުށި ކައިރީއޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅެނިކޮށް ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން، 2026 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:30 އެހައިކަންހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ނިޔާވެފައިވަނީ ގއ. ކޮލަމާފުށި، އުދަރެސް / އަޙްމަދު މިސްޙާޤު (45އ) ކަމަށްވެސް ފުލުހުން ބުނެއެވެ. އެހާދިސާ އާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮސްފައެއް ނުވެއެވެ.




