ތިނަދޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ތިނަދޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިނަދޫ ސިޓީގެ އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ އަލީ އަޒްވަރު އެވެ.
އަދި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވަނީ، ތިނަދޫ ސިޓީގެ ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނާވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ބައްދަލުކުރައްވާފަ އެވެ.
ތިނަދޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށްޓަކައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ބައެއް އިސްވެރިން އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އެ ރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވަނީ ހޯމަ ދުވަހުގެ ރޭ ބައްދަލުކުރައްވާފައި. އަދި އިންޖީނުގެތަކާއި، ޔުޓިލިޓީ ހިދުމަތްތައް ދިނުމަށް ޤާއިމްކޮށްފައިވާ އެންމެހާ ވަސީލަތްތައް ބެލެހެއްޓުމުގައި ހުރިހާފަރާތްތަކުގެ ދައުރު ޒިންމާދާރު ކަމާއެކު އަދާކުރުމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ އެދިވަޑައިގެންފައި.
— STELCO (@STELCOMALDIVES) October 27, 2026
ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ ރަށްތަކުގައި ދެމުން އައި ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ޙިދުމަތްތަށް ސްޓެލްކޯގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.
އަދި އެއަށްފަހު ފެނަ ކޯޕަރޭޝަން އުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.




