އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އިން ފަށައިފިއެވެ.
ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ބޭނކުން ބުނެއެވެ.
އެގޮތުން 5 ނޮވެމްބަރުން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުން ގުރުއަތުގައި ބައިވެރިކުރެވޭނެ ކަމަށާއި، މީގެ ތެރޭގައި ބީއެމްއެލްގެ ޕީއޯއެސް (POS) ޓާމިނަލްތަކާއި، ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު (QR) މެދުވެރިކޮށް ކުރާ މުއާމަލާތްތައްވެސް ހިމެނޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ހަތަރު ނަސީބުވެރިންނަށް ލިބޭ އިނާތމުތަކުގެ ތެރޭގައި:
– ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި 2 މީހަކަށް ރޭގަނޑުގެ ކެއުން.
– މެކްބުކް ނިއޯ، އެޕަލް ވޮޗް އަދި އެއަރޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއެއް•
– ބ. ފުޅަދޫގައި ހުންނަ ވިލާ މިއާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި، އިތުރު ހަތަރު މީހުންނާއެކު އެކްސްކާޝަން ދަތުރެއް
– ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭގެ ޗުއްޓީއަކާއެކު މަންތާ ރޭ ބަލަން ދިއުމުގެ ފުރުސަތު




