ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މައްސަލަ އަބްދުﷲ ޝާހިދުގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ޒިންމާދާރު މަގަމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ކުރީގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ހައްޔަރުކުރީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ޢަބްދުﷲ ޝާހިދު ހައްޔަރުކޮށް ޖެހިގެން އައި ދުވަހު ބަންދާ މ،ެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ކޯޓުން ޖަހާފަ އެވެ.
މި މައްސަލާގައި އަބްދުﷲ ޝާހި ބަންދުކުރުމަށް ކޯޓުން ނެރެފައިވާ އަމުރު ޝާހިދުގެ ގާނޫނީ ޓީމުން އިސްތިއުފަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަަލައިގަތުމާމެދު އަދި ގޮތެއް ނުނިންމަ އެވެ.




