ބޯސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ ފުލެޓް އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށައިފި އެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުގެ ޕްރޮޖެކްޓްގެ ކޮންސުލްޓެންޓް މުޙައްމަދު ޝަރާހް ވިދާޅުވީ އެ ކުންފުނިން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮސްގެން ތަރައްޤީ ކުރާ 364 ހައުސިންގ ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން މާލޭ ސިޓީގައި ތަރައްގީކުރާ 3260 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށާއި، މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެކަމަށްވެސް ރޮޖެކްޓްގެ ކޮންސުލްޓެންޓް މުޙައްމަދު ޝަރާހް ވިދާޅުވި އެވެ.




