ކާބަފައިންގެ ޝަރަފުވެރި، އަމާން ރައްކާތެރި، އުފާވެރިކަން އަލުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ފަށްޓަވައިދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ މީހަކުވެސް މީގެ ކުރިން އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުނު ޝަރަފުވެރި އަމާން ރައްކާތެރި މާޒީއާއި އުފާވެރިކަން އަލުން ހޯދުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
އަދި އެކަކު އަނެކުންނަށް އިހުތިރާމާއި އޯގާތެރިކަމާއި ލޯބި އިސްކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ، އެގޮތުން ރަނގަޅު އިންސާނެއްގެ ކިބައިގައި ފެންނަ އެންމެ ފާޅުކަން ބޮޑު އެއް ނިޝާނަކީ އިހުތިރާމްކުރުމުގެ ސިފަތައް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި މީގެ ކުރިން އޮތް އިހުތިރާމު އަދާކުރުމުގެ ސިފައަށް ބައްލަވާލައްވައި ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ ރަށްރަށުގައި ކަތީބުން ފަދަ ރަސްމީ ޝަޚްސިއްޔަތުތައް މަގަކުން ހިންގަވައިފައި ވަޑައިގަންނަވާއިރު ކުނިކަހަން ތިބޭ މީހާ މަގުގެ އެއް ފަރާތަކަށް ޖެހިލައި އެ ފަރާތްތަކަށް އިހުތިރާމް އަދާކުރާ ކަމަށާއި، އަދި އެފަދަ ވެރިން ހިންގަވާފައިވަޑައިގަންނަވާއިރު ކިޔަވާކުދިން ކުރި ކަނޑައި ނުދާ ކަމަށެވެ.
އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހަކު އެކަށައަޅާ އަޒުމަކީ އސެއީ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ކާބަފައިންގެ ޝަރަފުވެރި އަމާން ރައްކައުތެރި މާޒީގެ އުފާވެރިކަން އަލުން ހޯދުމުގެ އަޒުމް،ކަމަށާއި، އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސަށް ގެންނަ އިސްލާހީ ބަދަލަކަށް ވާންވީ އެކަން ކަމަށެވެ.
އަދި އިސްލާމްދީނުގެ މަތިވެރި ހަމަތަކާއި ރީތި މިސާލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހުކުރުމުގެ ބަދަލުގެންނަންޖަހޭކަމަށްވިދާޅުވެ ތަރައްގީވެފައިވާ ތަހުޒީބު މުޖުތަމައަކަށް މި މުޖުތަމައު ހެދޭނީވެސް އެ ބަދަލުތަށް ގެނެސްގެންކަމަށް ރައީސް ވަނީ ވިދާޅޫވެފައެވެ.




