Ad

އުމްރާގެ ސަގާފަތަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ، އެކަން ޤިބްލައިން ފަހިކޮށްދޭނެ: ޔާމީން

އުމްރާގެ ސަގާފަތަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ، އެކަން ޤިބްލައިން ފަހިކޮށްދޭނެކަމަށް ޤިބްލަ ހައްޖު އެންޑް އުމްރާގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވެއްޖެއެވެ.

ޤިބްލައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ އެމްޑީ ވިދާޅުވީ އުމްރާއަށް ދިއުން ފަސޭހަވާގޮތަށް އަހަރުތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާއަށް ދެވޭނެ އިންތިޒާމުތައް ފަހިކޮށްދެވޭނެކަމަށެވެ. އެކުންފުނިންވަނީ ތަފާތު 9 ޕެކޭޖަކެއް ތައާރަފްކޮށްފައެވެ. އެއީ ފެމިލީ ޕެކޭޖް، އައިލެންޑް ޕެކޭޖް، ސީޒަނަލް ޢުމްރާ ޕެކޭޖް، ކޯޕަރޭޓް ޕެކޭޖް، ވީއައިޕީ ޢުމްރާ ޕެކޭޖް، ޔޫތު ޕެކޭޖް، ސްޓޫޑެންޓް ޕެކޭޖް އަދި ހަނީމޫން ޓުއަރ ހިމެނެއެވެ.
ޤިބްލައިން ބުނީ ރަށްރަށުގައި ތިބެގެން އެ ކުންފުނި މެދުވެރިކޮށް އުމްރާ އަށް ދާން ރެޖިސްޓްރީ ވެވޭނެކަމަށެވެ. ޤިބްލައިން ދާދިފަހުން ވަނީ ރާއްޖެއިން ޢުމްރާއަށް ދާ ކުންފުނިތަކަށް އުމްރާ ވިސާ ޖަހައިދިނުމުގެ ހިދުމަތްވެސް ފަށާފައެވެ.

ވަކި ވަކި އޮފީސްތަކުގެ މީހުންނަށް ވެސް ވަކިން އުމްރާއަށް ދެވޭނެ ގޮތަށް ކޯޕަރޭޓް ޕެކޭޖެއް އުފައްދާފައިވާއިރު. މި ޕެކޭޖްގެ ދަށުން ޚާއްޞަ ރޭޓްތަކެއްގައި އޮފީސްތަކާއި ކުންފުނި ތަކުގެ މުވައްޒަފުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރަށް އެކި ކަހަލަ ލަކީ ޑްރޯތަކުގައި ބައިވެރިވާ ފަރާތްތަކުން ހޮވޭ ފަރާތްތަކަށް ވެސް ހާއްސަ ރޭޓްތަކެއް ކަނޑައަޅާފައިވެއެވެ. .

ސީޒަނަލް ޢުމްރާ ޕެކޭޖްގެ ދަށުން ބަރަކާތްތެރި ރަމަޟާންމަހާއި، އެނޫން މޫސުމްތަކުގައި ނުވަތަ އަހަރީ ޗުއްޓީތަކުގައި ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭއިރު، ހަނީމޫން ދުވަސްވަރަށް އުމްރާގެ ދަތުރެއް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާފައެވެ. އެ ދަތުރުގައި ، މައްކާ މަދީގައި ދުވަސްތައް ހޭދަކޮށްލަން ބޭނުންވާނަމަ އެކަން ވެސް ފަހި ވާގޮތައް ޚާއްޞަ ކުރެވިފައިވާ ޓުއާއެކެވެ. ދަތުރުގެ އެންމެހާ ކަންކަމެއް ޚިދުމަތަށް އެދޭ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ކުންފުނީގެ ފަރާތުން މެނޭޖްކުރާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. .

މި ޚިދުމަތާއި އެކު ރަށުގައި ހުރެގެން ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ވެވޭއިރު، މިހާރު އެ ގްރޫޕުން ވިސާ ވެސް ޖަހައިދޭނެ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *