Ad

މިފްކޯ މަސްދަޅު އަގު ބޮޑުވާނެ ކަމުގެ ޚަބަރާއި ގުޅިގެން މިފްކޯ މަސްފިހާރަތައް ފުރި ކިއު ޖެހިއްޖެ

ރޯދަ މަހާއި ދިމާކޮށް މިފްކޯ މަސްދަޅު އަގު ބޮޑުވާނެ ކަމުގެ ޚަބަރު މީޑިއާގައި އަޑު ފެތުރުމާއި އެކު މިފްކޯ ފިހާރަތައް ފުރި ކިއު ޖެހިއްޖެއެވެ.

ވަގުތު އޮންލައިން އިން ރިޕޯޓްކޮށްފައިވާާގޮތުގައި، މާޗް މަހުން ފެށިގެން މަސްދަޅުގެ އަގު ބޮޑުވާނެ ކަމަށް، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ކަމަށެވެ.

"އެގޮތަށް މަސްދަޅުގެ އަގުބޮޑު ވަނީ މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނާނީ ބޮޑުކޮށް ކަމަށްވާތީ ކަމަށް ފައުޒީ ވިދާޅުވިއެވެ" ވަގުތު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އަންނަ މަހުން ފެށިގެން މަސްދަޅުގެ އަގު ބޮޑު ކުރަން ނިންމި ނަމަވެސް އަގަށް އަންނާނެ ބަދަލެއް ހާމަ ކޮށްފައެއް ނެތެވެ.

މާޗު މަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތުމުގައި އެ ވަގުތަކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަށް ބެލުމަށް ރައީސް ޞާލިޙް ވަނީ މިފްކޯއަށް އަންގަވާފައިވާކަމަށާއި އެ ބަދަލަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.

ރޯދަ މަސް ކުރިމަތީގައި އޮށްވާ މަސްދަޅުގެ އަގު ބޮޑު ކުރުމާޢި ގުޅިގެން ސަރުކާރަށާއި މިފްކޯއަށް ފާޑު ކިޔުން ވަނީ އިތުރުވެފައެވެ. އަދި އަގުހެޔޮކޮށް މަސްގަތުމަށް މިރޭ މަސްފިހާރަ ތަކުގެ އެތެރެއާއި ބޭރު ފުރި ކިއު ބޮޑުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *