Ad

ތަފާތު ގިނަ ޚިދުމަތްތަކާއެކު، ޕްރައިވެޓް ރޫމެއްގައި ރޯދަވީއްލުމުގެ ފުރުޞަތު "ވޮޑަމުއްލާ"ގައި

ވޮޑަމުއްލާ ރެސްޓޯރެންޓަކީ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލް ރެސްޓޯރެންޓެއް

ތަފާތު ގިނަ ޚިދުމަތްތަކާއެކު މަޝްހޫރު "ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯ" ރެސްޓޯރެންޓުން ރޯދަވީއްލުމުގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ ރެސްޓޯރެންޓްގެ "ޕްރައިވެޓް" ރޫމެއްގައި ރޯދަވީއްލޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމެވެ. މިގޮތުން މަދުވެގެން 2 މީހަކު، އަދި ގިނަވެގެން 6 މީހަކަށް މި ރޫމްގައި ރޯދަ ވީއްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ރޫމް ބުކް ކުރުމަށް ގުޅުއްވާނެ ނަމްބަރަކީ 7651313 އެވެ. ޕްވައިވެޓް ރޫމްގައި ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކުން ކޮންމެ ދުވަހަކު 15:00ގެ ކުރިން ބުކް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ތަފާތު ގިނަ ރަހަތަކާއެކު 1 ގަޑިއިރަށް ރޫމް ލިބިގެންދާނެއެވެ. ރެސްޓޯރެންޓް ހުޅުވާފައި ހުންނާނީ ހަވީރު 6 އިން މެންދަމުން އަލިވެ 3 ޖެހުމާ ހަމައަށެވެ.
މީގެއިތުރުން ބާތްޑޭ އާއި އެނިވާސަރީ ފަދަ މުހިންމު ކަންކަން ފާހަގަ ކުރުމަށް މި ރެސްޓޯރެންޓްގެ ޕްރައިވެޓް ރޫމް ބުކް ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އޮފީސްތަކަށް ޚާއްޞަ ރޯދަ ވީއްލުމުގެ ޕެކޭޖްތަކެއްވެސް އެރެސްޓޯރެންޓުން ވަނީ ތަޢާރަފްކޮށްފައެވެ. ވޮޑަމުއްލާ ކެފޭ އަކީ ހުޅުމާލޭގައި ހިންގާ ރެސްޓޯރެންޓްތަކުގެ ތެރެއިން ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލް ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓް ހުންނަނީ ހުޅުމާލޭ ހަނދުވަރީ ހިނގުން 2 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *