Ad

ދިމްޔާތު ސްޓޭއިން ރޯދަ ވީއްލަން ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފި

"ދިމްޔާތު ސްޓޭ" އިން ރޯދަ ވީއްލަން ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ދިމްޔާތު ސްޓޭއަކީ ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް އެވެ. މިގެސްޓް ހައުސްއިން ތަޢާރަފްކުރި ޕެކޭޖް ނަގައިގެން ރޯދަ ވީއްލުމަށް ގެސްޓް ހައުސްގެ ޓެރަސްގެ އައުޓް ޑޯ ނުވަތަ ޓެރަސްގެ އިންޑޯ ވެސް ބުކް ކުރެވިދާނެއެވެ. ނޫނީ ގެސްޓް ހައުސްގެ 7 ވަނަ ފްލޯގެ އިންޑޯ ވެސް ބުކް ކުރެވިދާނެއެވެ.

ދިމްޔާތުން ތައާރަފްކޮށްފައިވާ ޕެކޭޖްގައި ހަފުތާގެ ކޮންމެ ދުވަހަކަށް ތަފާތު މެނޫއެއް ކަނޑައަޅާފައިވެއެވެ. ބޮލަކަށް ކަނޑައަޅާފައިވާ ރޭޓަކީ 249 ރުފިޔާއެވެ. ނަމަވެސް މިވަގުތު ޖާގަހުރި ގޮތުންނާއި އަދި ޑިމާންޑަށް ބަލާފައި، ބުކް ކުރެވޭނީ މަދުވެގެން 10 މީހުންގެ ގްރޫޕަކަށެވެ.

ޕެކޭޖްގައި ހިމެނޭ މެނޫއާއި އެއްގޮތަށް ދިމްޔާތު ސްޓޭގެ ރޯދަ ވީއްލަން ހާއްސަ ޕެކޭޖަށް ޚިދުމަތް ފޯރުކޮށްދޭ ބުފޭ އަކީ ތަފާތު ގިނަ ބާވަތްތަކުން މުއްސަނދި ބުފޭ އެކެވެ. މި ބުފޭގައި ރަހަމީރު ކާނާގެ އެތައް ބާވަތެއް ހުރެއެވެ.

ހިތްގައި މާހައުލެއްގައި އާއިލާއާއި ރައްޓެހިންނާއެކު ރޯދަ ވީއްލުމަކަށް އިންސާފް ކުރުމަށް ދިމްޔާތު ސްޓޭއަކީ އެންމެ ރަނގަޅު އެއްތަން ކަމަށް މިރޯދަ ވީއްލުން ތަޖުރިބާކޮށްފައިވާ ބައެއް މީހުން ވަނީ ބުނެފައެވެ.

ދިމްޔާތު ސްޓޭގައި ރޯދަ ވީއްލުން ބުކް ކުރަން ގުޅަންޖެހެނީ 3328920 ނުވަތަ 3322392 ނުވަތަ 3324381 ނަމްބަރު ފޯނާއެވެ. އަދި 7288920 ނަމްބަރު މެދުވެރިކޮށް ވައިބާ މެދުވެރިކޮށް ބުކް ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *