Ad

މާލޭގެ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

މާލޭގެ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި އެވެ.

މި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ފުލުހުން ގުޅިގެންނެވެ.

އެ ގޮތުން މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން މާލޭ މަގުމަތީ ގިނަދުވަސްވެ، ބާވެ ހަލާކުވެފައި ހުރި އުޅަނދުތައް ނަގަން ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭގެ މަގުމަތީގައި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކެއް މިއަހަރުގެ ކުރީކޮޅުވެސް ނަގާފައިވެ އެވެ.

އެ ގޮތުން ނެގި ވެހިކަލްތަކެއް މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ނައްތާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *