Ad

ކޮޅުމަޑުލު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހިރިލަންދޫ ހޯދައިފި

ކޮޅުމަޑުލު 6 ވަނަ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހިރިލަންދޫ ހޯދައިފިއެވެ.

ވޭމަންޑޫ ވޮލީ ކޯޓުގައި މިއަދު ކުޅުނު ފައިނަލްމެޗްގައި ހިރިލަންދޫ ޗެމްޕިއަންކަން ހޯދީ ސީދާ 3 ސެޓުން ބުރުނި ބަލިކޮށްގެންނެވެ. މިބާރާތުގެ ފުރަތަމަ 2 ސެޓް ހިރިލަންދޫން ފަސޭހަކަމާއެކު ކާމިޔާބުކުރި ނަމަވެސް 3 ވަނަ ސެޓު ނިމިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިމެޗްގެ ފުރަތަމަ 2 ސެޓް ހިރިލަންދޫން ކާމިޔާބުކުރީ ފަންސަވީސް އަށާރައިންނެވެ. ވާދަވެރި ކުޅުމަކަށްފަހު 3 ވަނަ ސެޓް ހިރިލަންދޫން ކާމިޔާބުކުރީ ތެއްތިރީސް ޕޮއިންޓް އެއްތިރީސް ޕޮއިންޓުންނެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ، ހިރިލަންދޫގެ ހުސައިން މުހުތާރު، އަލީ އައްސަދު، މުހައްމަދު ނިމާލު، ބުރުނީގެ އިޝާން މުޙައްމަދު، ކިނބިދޫގެ ޝިރުހާން އަބްދުއްސައްތާރު، އަދި ވޭމަންޑޫގެ ހާތިމް މުހައްމަދު ސައީދެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔަކަށް ހޮވުނީ ހިރިލަންދޫގެ ސައުދެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބުރުނީގެ މުހައްމަދު ނާހިލް ނޫހެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިރިލަންދޫ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރިވާޒުއްދީނެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިރިލަންދޫ ޓީމަށް ކޯޗްކޮއްދިން ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް މުހައްމަދު ޝަރަފެވެ.

ތަށި ހިފައިގެން ހިރިލަންދޫ ޓީމް ރަށަށް ދިއުމުން ރަށު ރައްޔިތުން ވަނީ އެޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 40 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް އަތޮޅު ކައުންސިލުން ވަނީ ހުށައަޅާފައެވެ. މިއީ މި މުބާރާތް ބޭއްވި 6 ވަނަ ފަހަރެވެ. މީގެތެރެއިން 5 ފަހަރު ޗެމްޕިއަންކަން ހޯދީ ހިރިލަންދޫއެވެ. ބުރުނިން 1 ފަހަރު ތަށި ހޯދިއެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މަޑިފުއްޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *