Ad
Demonstrators in support of Palestinians shout and gesture at the Permanent Mission of Egypt, calling them traitors, during a protest in New York on October 9, 2023.  Israel imposed a total siege on the Gaza Strip Monday and cut off the water supply as it kept bombing targets in the crowded Palestinian enclave in response to the Hamas surprise assault it has likened to the 9/11 attacks. Reeling from the Islamist group's unprecedented ground, air and sea attacks, Israel has counted more than 700 dead and launched a withering barrage of strikes on Gaza that have raised the death toll there to 560 people.
  (Photo by Adam GRAY / AFP)
Demonstrators in support of Palestinians shout and gesture at the Permanent Mission of Egypt, calling them traitors, during a protest in New York on October 9, 2023. Israel imposed a total siege on the Gaza Strip Monday and cut off the water supply as it kept bombing targets in the crowded Palestinian enclave in response to the Hamas surprise assault it has likened to the 9/11 attacks. Reeling from the Islamist group's unprecedented ground, air and sea attacks, Israel has counted more than 700 dead and launched a withering barrage of strikes on Gaza that have raised the death toll there to 560 people. (Photo by Adam GRAY / AFP)

އިރާނުން އިޒްރޭލަށް ހަމަލާދީފާނެތީ، އެމެރިކާ ޖެހިލުންވޭ!

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުން އަންނަ ހަމާސް ޖަމާޢަތުން އިޒްރޭލަށް ދެމުން ގެންދާ ކުއްލި ހަމަލާތަކާއެކު، އިޒްރޭލުން ހަނގުރާމައިގެ ޙާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅުގައި، އިރާނުން އިޒްރޭލަށް ހަމަލާދީފާނެކަމުގެ ބިރަށްޓަކައި އެމެރިކާއިން ކަންބޮޑުވެއްޖެއެވެ.

އިޒްރޭލަކީ އެމެރިކާއިން މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި، އަޅުވާފައިވާ ފަންޏެއްކަމުގައިވާއިރު، ހަމާސްއިން އިސްވެ އޮވެ އިޒްރޭލުން އަތުލާފައިވާ ބިންތަކަށް އަރައި، އެތަނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، ގިނަ ޢަދަދެއްގެ ސިފައިން ހައްޔަރުކޮށް، ގިނަ އައަދެއްގެ ސިފައިން މަރާލާފައިވާއިރު، އެމެރިކާގެ ރައީސް ބައިޑެން ވަނީ އިޒްރޭލަށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދޭނެކަމަށް ބުނެފައެވެ. މައުލޫމާތު ލިބޭގޮތުން ބައިޑެން މިގޮތަށް ބުނެފައިވަނީ ހަމާސްގެ އޮޕަރޭޝަނު ގައި ދީފައިވާ ހަމަލާތަކަކީ މީގެން ޒަމާނަކު އިޒްރޭލަށް މިވަރުގެ ކުއްލި ހަމަލާތަކެއް ދީފާނެކަމަށް ތަޞައްވަރުވެސް ކުރެވިފައިނުވާ ދަނޑިވަޅެއްގައި ދިން ހަމަލާތަކެއްކަން އެނގޭތީއެވެ. ބައިޑެން އެތުހުމަތުކުރަނީ ހަމަލާ ރޭވުމާއި ހަމަލާދިނުމުގައި ހަމާސްގެ ޤާބިލުކަމާއި އަވަސްކަން ފެނި މުޅި ހަމަލާގައި އީރާނުގެ ޢަސްކަރިއްޔާގެ އަތެއްވާކަމަށް ތުހުމަތުކޮށްފައެވެ. އީރާނުން މީގެ ކުރީގައިވެސް ބުނެފައިވާ ގޮތުން، ހަނގުރާމަ ފަށާނީވެސް އިޒްރޭލު ދުނިޔޭގެ ޗާޓުން ފޮހެލުމަށްފަހުއެވެ. މިފަދަ އެތަށް ސަބަބަކާހުރެ އީރާނުގެ ނުރައްކާ އިޒްރޭލަށް ނުހަނު ބޮޑެވެ.

އީރާނަކީ މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާއަށް އޮތް އެންމެ ބޮޑު ބިރެވެ.ހަމާސްގެ އަސްކަރީ އޮޕަރޭޝަނަށް އެންމެ ބޮޑަށް ތާޢީދުކުރީވެސް އީރާނެވެ.މިފަދަ ދަނޑިވަޅެއްގައި ލުބުނާނުގައި ހަރަކާތްތެރިވާ ވަރުގަދަ ހިޒްބު اللهޖަމާޢަތުންވެސްވަނީ އިޒްރޭލަށް ހަމަލާދޭން ފަށާފައެވެ. ހަމާސް އަދި ހިޒްބުالله ފަދަ އަސްކަރީ ޖަމާޢަތްތަކަކީ އީރާނުން ފަންޑުކޮށްގެން ހިންގާ ޓެރަރިސްޓް ޖަމާޢަތްތަކެއްކަމުގައި އެމެރިކާ އަދި އިޒްރޭލުން އަބަދުވެސްތުހުތުކުރެއެވެ. ޙަޤީޤަތަކީ މުސްލިމުންގެ މުޤައްދަސް ބިންތަކެއް ވެރިވަގެނެ މާތްވެގެންވާ މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑާތަން ބަލާކަށް އަބަދަކު މުސްލިމުންނެއް ނުތިބޭނެއެވެ. ހަމާސްގެ ޢަސްކަރީ އޮޕަރޭޝަނަކީ މީގެހެއްކެކެވެ.

މީގެ ކުރީގައި އިޒްރޭލަށް އެންމެ ވަރުގަދަ ހަމަލާތަކެއް ދިނީ އިރާޤުގެ ކުރީގެ ރައީސް ޞައްދާމު ޙުސައިންއެވެ. އެމަނިކުފާނެ ކެބިނެޓުގައި އިނދެ ޔަހޫދީންނަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ނުތިބެވޭނެކަމަށްބުނިތާ 24 ގަޑިއިރު ނުވަނީސް އިރާޤުން އިޒްރޭލުގެ އެކި ސިޓީތަކަށް ބޮން އަޅައި އިމާރާތްތަށް ބިމާ ހަމަކޮށްލިއެވެ. އެދުވަސްވަރަކީ ސައްދާމު ޙުސައިންގެ ޕީކެވެ. އިރާނާއި އިރާޤު ހަނގުރާމަ އަދި ކުވައިތު ފަތަޙަކުރުމުން، ޞައްދާމާއި ދެކޮޅަށް އެމެރިކާއަށްވެސް އަދި އިޒްރޭލަށްވެސް އެއްވެސް ކަމެއްކުރާކަށް ނުކުރެނުކަމަކީ ޙަޤީޤަތެވެ.

ޙަމާސްއިން އިސްވެ އޮވެ ފެއްޓި އަސްކަރީ އޮޕަރޭޝަނަކީ އީރާނުގެ ރޭވުންތެރިކަމާއެކު ހިންގި އޮޕަރޭޝަނެއްކަމުގައި ހުޅަނގުން ޤަބޫލުކުރާ އަނެއް ޙަޤީޤަތަކީ، އިޒްރޭލުގެ އަސްކަރިއްޔާގެ މަޢުލޫމާތު އެންމެ ބޮޑަށް އެނގޭނީ އީރާނަށްކަމުގައިވާތީއެވެ. ހަމާސް ޖަމާ ޢަތަކީ އެކަހެރި ބަންދުކޮށްފަ އިވާ ވަކި ސަހަރެއްކަމުން ހަމާސްއަށް އިޒްރޭލުގެ އަސްކަރިއްޔާގެ ބަލިފައި ނޭނގޭނެކަމަށް ހުޅަނގުން ޤަބޫލުކުރެއެވެ.ކޮންމެއަކަސް ޙަޤީޤަ ތަކީ އިޒްރޭލުގެ އަސްކަރިއްޔާގެ ބަލިކަށިކަން މުޅި ދުނިޔެއަށް ހާމަވެގެން ދިޔުމެވެ. އިޒްރޭލުގެ ޔަހޫދީ ސަރުކާރުގެ ފިނޑިކަމާއި،ބަލިކަށިކަން މުޅި ދުނިޔެއަށް ހާމަވެގެންދިޔައީއެވެ.

ހަމާސްއަކީ ހަތިޔާރު އެޅި ޖަމާޢަތެއްކަމުގައިވާއިރު، އެއްވެސް ޖެހިލުމެއްނެތި އިޒްރޭލުގެ ސިޓީތަކަށް ސައިކަލުތަކުގައިވަދެ ހަމަލާދީ އިޒްރޭލު ސިފައިން ރަހީނުކޮށް މަރައި ހެދުމަކީ އެ ޖަމާޢަތުގެ ކުޅަދާނަކަމެވެ. ހަމާސްގެ ޖެހިލުންކުޑަ މުޖާހިދުންގެ ހިތްވަރަށް ސާބަސް ދުނިޔޭ ގެ އެކި ކަންކޮޅުތަކުން ދެމުން އަންނައިރު މެދުއިރުމަ ތީގައި އިޒްރޭލާއި ދެކޮޅަށް ބޮޑު ހަނގުރާމައެއް ފެށި ދާނެކަމުގެ ކަން ބޮޑުވުން އިޒްރޭލަށް އެބައޮތެވެ.ހަމާސްއިން އިޒްރޭލަށް ހަމަލާދޭން ފެށީ ހުރިހާ ޙާލަތަކަށް ތައްޔާރުވެގެންކަން ހަމާސް އިން ބުނެއެވެ. ވައިގެ މަގުން ކަނޑު އަދި އެއްގަމު މަގުން އިޒްރޭލުން ހަމާސްއަށް ދޭ ހަމަލާތަކަކީ އަލަކަށް ހިނގާކަމެއް ނޫނެވެ. އެހެންކަމުން، ހަމާސްއިން ހަމަލާތަށް ފެއްޓީ ފުރިހަމައަށް ތައްޔާރުވެގެންކަމުގައި ބެލެވެއެވެ.

ދެން އޮތް ސުވާލަކީ، އީރާނުން އިސްވެ އޮވެ އިޒްރޭލަށް ހަމަލާދީފާނެތޯ؟ މިސުވާލުގެ ޖަވާބުދޭން ބަލާއިރު، އިޒްރޭލުގެ އަސްކަރިއްޔާއަށް ފަލަސްތީނާއި ލުބުނާނު އަދި އިރާޤުގެ ހަތިޔާރު އެޅި ޖަމާޢަތްތަށް ބަލިނުކުރެވިގެން އުޅޭއިރު، އީރާނުގެ އަސްކަރީ ޤާބިލުކަމަށް ބަލައި، އީރާނުން އިޒްރޭލަށް ހަމަލާދީ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ، އިޒްރޭލުގެ އަސްކަރީ ބާރު ނެތިކޮށްލައި، އިޒްރޭލު ޗާޓުން ފޮހެލާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ފޮޓޯ
ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން މަރްޙަބާ ދަންނަވަނީ. ރައީސް ނިލަންދޫއަށް ފައިބާވަޑައިގަތީ ވާރޭވެހެމުންދިޔަ ވަގުތެއްގައިކަމަށް ވީނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެ ތިބި. މިރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއް ރައީސް ވަނީ އިޢުލާންކުރައްވާފައި.
ފޮޓޯ
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާ، އެމްޑަބްލިއުއެސްސީ އިން މިއަދު ސޮއިކުރަނީ. 282 މިލިއަން ރުފިޔާގެ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިމޭއިރު އައްޑޫ ސިޓީގެ އާބާދީއަށް ބޭނުންވާނެ މީރު ފެން އެ ސިޓީގައި އުފައްދަމުންދާނެ. އަދި ފެން އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، މިހާރު ކުރިމަތިވަމުންދާ ދަތިތައް އެކީ ހައްލުވެގެން ދާނެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދަނީ ދެމުން.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *