Ad
އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން އާދަމް އާޒިމް ހުށަހެޅުއްވި ފޯމް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވަނީ. އެމްޑީޕީގެ ޓިކެޓް އާޒިމަށް ވަނީ ކަށަވަރުވެފައި. ފޮޓޯ:އެމްޑީޕީ
އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން އާދަމް އާޒިމް ހުށަހެޅުއްވި ފޯމް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވަނީ. އެމްޑީޕީގެ ޓިކެޓް އާޒިމަށް ވަނީ ކަށަވަރުވެފައި. ފޮޓޯ:އެމްޑީޕީ

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން: އެމްޑީޕީގެ ޓިކެޓް އާޒިމަށް

މާލޭ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް އާދަމް އާޒިމްއަށް ދޭން ނިންމައިފިއެވެ.

ޕްރައިމަރީއަކާ ނުލައި އާޒިމަށް ޓިކެޓް ދޭން ނިންމާފައިވަނީ އެ ޕާޓީން މޭޔަރުކަމަށް އިތުރު މެންބަރަކު ކުރިމަތިލާފައި ނުވާތީއެވެ. މާލޭ ސިޓީ މޭޔަރުގެ މަޤާމުގެ އިތުރުން އެ ކައުންސިލުގައި މިހާރު މެމްބަރަކު ނެތް ދާއިރާތަކަށްވެސް އެމްޑީޕީން ކުރިމަތިލާފައިވަނީ ކޮންމެ ދާއިރާއަކަށް އެންމެ މެންބަރެކެވެ. އެހެންކަމުން އެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރާ ފަރާތްތަކަށްވެސް ޓިކެޓް ދީފައިވަނީ ޕްރައިމަރީއަކާ ނުލައެވެ.

މާލެސިޓީގެ މޭޔަރުގެ އިތުރުން އެ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަކީ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާ އެވެ.

އެމްޑީޕީގެ ޕްރަައިމަރީގައި ވާދަކުރަން ހުށަހެޅި ބޭފުޅުން
މާލޭގެ މޭޔަރު ކަމަށް: އާދަމް އާޒިމް/ސީނުކަރަންކާގެ، މާލެ.
މެދު ހެންވޭރު ދާއިރާ: އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
ހެންވޭރު ދެކުނު ދާއިރާ: ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
މާފަންނު ދެކުނު ދާއިރާ: އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ

މާލޭ ސިޓީގެ މޭޔަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ޑރ.މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ވުމާ ގުޅިގެންނެވެ. އަދި ސިޓީ ކައުންސިލްގެ ބައެއް ދާއިރާތައް ހުސްވެފައިވަނީ ކައުންސިލްގެ ބައެއް މެންބަރުން ސަރުކާރުގެ އެކި މަޤާމުތަކަށް ދިއުމާއި ބައެއް މެންބަރުން އިސްތިއުފާ ދީފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *