Ad

ޔޫރޯ 2024: ފްރާންސާއި ނެދަލެންޑްސް އެއް ގްރޫޕަކަށް!

އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

ޖަރުމަނުގެ ހަމްބާގުގައި ކުރިއަށް ދިޔަ ގުރުއަތުލުމުގައި އެންމެ ވަގުގަދަވާނެ ކަމަށް ބެލެވެނީ ފްރާންސާއި ނެދަލެންޑްސް ހިމެނޭ ގްރޫޕް ޑީއެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އޮސްޓްރިއާއީ ޕްލޭ އޮފް ކުޅެގެން މޮޅުވާ ޓީމެކެވެ. މި ގްރޫޕްގައި ޕްލޭ އޮފްގައި ވާދަކުރަނީ ޕޮލެންޑް، ވޭލްސް، ފިންލޭންޑް އަދި އެސްޓޮނިއާއެވެ.

މުބާރާތުގައި ބައިވެރިވާ 24 ޓީމު ވަނީ ހަ ގުރޫޕަކަށް ބަހާ ލާފައެވެ.

ގުރޫޕް އޭ: ޖަރުމަން، ސްކޮޓްލެންޑް، ހަންގޭރީ، ސުވިޒަލެންޑް

ގުރޫޕް ބީ: ސްޕެއިން، ކްރޮއޭޝިއާ، އިޓަލީ، އަލްބޭނިއާ

ގުރޫޕް ސީ: ސްލޮވޭނިއާ، ޑެންމާކް، ސާބިއާ، އިންގްލެންޑް

ގުރޫޕް ޑީ: ނެދާލޭންޑްސް، އޮސްޓްރިއާ، ފުރާންސް އަދި ޕުލޭއޮފް ވިނާ އޭ ( ޕޮލެންޑް، ވޭލްސް، ފިންލޭންޑް، އެސްޓޮނިއާ)

ގުރޫޕް އީ: ބެލްޖިއަމް، ސްލޮވޭކިއާ، ރޮމޭނިއާ އަދި ޕްލޭއޮފް ވިނާ ބީ (އިސްރާއިލް، ބޮސްނިއާ، ޔޫކްރޭން، އައިސްލޭޑް)

ގުރޫޕް އެފް: ތުރުކީ، ޕޯޗުގަލް، ޗެކްރިޕަބްލިކު އަދި ޕްލޭއޮފް ވިނާ ސީ (ޖޯޖިއާ، ގްރީސް، ކަޒަކިސްތާން، ލަގްޒަމްބާގް)

ޕްލޭއޮފް ކުޅުމަށް ހަމަޖެހިފައިވަނީ 3 ގުރޫޕަކަށް ބަހާ ލާފައެވެ.

ޖުމުލަ 24 ޓީމާއި އެކު ކުޅޭ މި މުބާރާތް އޮންނާނީ ތިން ފަހަރު މި މުބާރާތް ކާމިޔާބު ކުރި ޖަރުމަނުގައެވެ. މުބާރާތް ހުޅުވާ މެޗުގައި ޖޫން މަހުގެ 14 ވަނަ ދުވަހު ޖަރުމަނުން ނިކުންނާނީ ސްކޮޓްލޭންޑާއި ދެކޮޅަށެވެ. މި މެޗް ކުޅޭނީ މިޔުނިކްގައެވެ. މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައި ވަނީ ޖަރުމަނުގެ އެކި ސިޓީ ތަކުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *