Ad

ލިވަޕޫލުން ޓޭބަލްގެ 2 ވަނައަށް ޖެހިލައިފި

ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް، މެޗުގެ ފަހު ވަގުތު ޖެހި ލަނޑުން، ފުލަމްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދައިފިއެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ 4-3 ލަނޑުންނެވެ.

ލިވަޕޫލުން މެޗްގެ ލީޑް ނެގީ 20 ވަނަ  މިނެޓްގައި ފުލަމްގެ ކީޕަރު ބާންޑް ލެނޯ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މިއީ އާނޯލްޑް ޖެހި ރީތި ހިލޭޖެހުމެއް ހުރަސް ދަނޑީގައި ޖެހިފައި ވެއްޓުނު ވަގުތު ކީޕަރުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލްޖެހިތާ 3 މިނެޓް ފަހުން މެޗްގެ 23 ވަނަ މިނެޓްގައި ފުލަމް ވަނީ އެއްވަރުކޮށްފައެވެ. އެންޓޮނީ ރޮބިންސަން ދިން ބޯޅައަކުން މި ގޯލްޖެހީ ލިވަޕޫލްގެ އެކަޑަމީން ތަމްރީނުވި ހެރީ ވިލްސަންއެވެ.

މެޗްގައި ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ނަގައިދިނީ 38 ވަނަ މިނެޓްގައި އާޖެންޓީނާގެ މިޑްފީލްޑަރު މެކް އަލިސްޓާއެވެ. މިއީ ފުލަމް ހާފުގެ މެދެއްހާ ހިސާބުން އަލިސްޓަރޖެހި މޮޅު ގޯލެކެވެ. މިއީ މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފުލަމްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. 48 ވަނަ މިނެޓްގައި މި ގޯލް ޖެހީ ކެނީ ޓެޓްއެވެ.

މެޗްގައި ފުރަތަމަ ފަހަރަށް ފުލަމްއަށް ލީޑު ނަގައިދިނީ 80 ވަނަ މިނެޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެއީ ބޮބީ ރީޑުއެވެ. ނަމަވެސް ލިވަޕޫލުން ވަނީ 2 މިނެޓްތެރޭގައި 2 ގޯލްޖަހައި މެޗް އަނބުރާލާފައެވެ. ލިވަޕޫލުން ނަތީޖާ ހަމަހަމަކުރީ 87 މިނެޓްގައި ސަލާހު ދިން ބޯޅައަަކުން ބަދަލުކުޅުންތެރުއެއްގެ ގޮތުގައި ކުޅެން ނިކުން އެންޑޯއެވެ. މިއީ ޖަޕާނު ކެޕްޓަން އެންޑޯ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އެ ގޯލްޖެހިތާ މިނެޓެއްފަހުން ލިވަޕޫލް މޮޅުކޮށްދިނީ މެޗްގައި މޮޅު ކުޅުމެއްދެއްކި އާނޯލްޑްގެ ގޯލުންނެވެ.

ލީގުގައި 14 މެޗް ކޮންމެ ޓީމަކުން ކުޅެފައިވާއިރު 33 ޕޮއިންޓާއެކު 1 ވަނަގައި އޮތީ އާސެނަލްއެވެ. 31 ޕޮއިންޓާއެކު ލިވަޕޫލް 2 ވަނަގައި އޮތް އިރު 30 ޕޮއިންޓާއެކު 3 ވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ. އަދި 1 ޕޮއިންޓް ފަހަތުން 29 ޕޮއިންޓާއެކު އެސްޓަން ވިލާ އޮތީ 4 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *