ކުރިއަށް އޮތް ރައްތިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުމް (ހަންޓާ އަހުމަދު) ފޯމު ހުށައަޅައިފިއެވެ.
ހަންޓާ އަހުމަދުގެ ކެންޑިންސީ ފޯމާއެކު ކިނބިދޫ ދާއިރާއިން ޕީއެންސީއާ އަލަށް ގުޅުނު 768 މީހުންގެ ފޯމް ވަނީ ހަވާލުކޮށްފައެވެ.
ހަންޓާ އަހުމަދު ވާދަކުރައްވަނީ ކިނބިދޫ ދާއިރާގެ ޕްރައިމަރީގައެވެ. ހަންޓަރ އަހުމަދަކީ ސިޔާސީ ގޮތުން ތަޖުރިބާހުރި ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. ހިންނަވަރަށް އުފަން ހަންޓަރ އަހުމަދު ކިނބިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވަނީ އެ ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން އެދާއިރާއަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގެ އުންމީދުގައެވެ. ހަންޓަރގެ ޓިމުން ބުނީ މިހާތަނަށް ކުރި ކެމްޕެއިންނުން ޕަރައިމަރީ ކާމިޔާބު ކުރެވޭނެކަމާމެދު ޝައްކު ނުކުރާ ކަމަށެވެ. ކެމްޕެެއިންގައި ހަންޓަރ އަހުމަދު ބޭނުންކުރާ ސްލޯގަންއަކީ" "ތަފާތުވާނެ – ތަފާތު ފެންނާނެ" އެވެ.
ހަންޓަރ އަހުމަދަކީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތަކެވެ. ހަންޓަރ އަހުމަދުގެ ކެމްޕެއިން ޓީމުން ބުނީ ދާއިރާއަށް ތަރައްޤީ ގެނެސްދެވޭނީ ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތެއް ހޮވަން ޖެހޭ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަތީގައި ވާދަކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޕީޕީއެެމް/ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 23 ވާ ހޮނިހިރު ދުވަހު 10:00 އިން 16:00 އަށެވެ.
One Response
. Midhaairaameehun noolhey lolah mirus elhigen, . . Hinnavarun ves kameh nuvi. Hus dhogu , bangaalheen ge formtho lee