Ad

ދެ ކޮމަންޑޫ ގުޅާލާ މި އަހަރު ނިންމަނީ

ކުރީ ސަރުކާރުން ފެށި ށ. ކޮމަންޑު އާއި މި ރަށާ ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށް، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވިދާޅުވީ، މި ރަށުގައި ގިނަ މަޝްރޫއުތަކެއް ފަށައިފައި ހުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުނިމި ދިގުލައިގެން ދާތީ ކަންބޮޑުވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ، ހާއްސަ އިސްކަމެއް ދެއްވައިގެން މަޝްރޫއުތައް ނިންމުން އަވަސްކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ރަށުގެ ތަރައްގީ އަށް ފެށިފައި ހުރި މަސައްކަތްތަކާއި އަދި ދެން ކުރަން ހުރި މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ. ރައްޔިތުން އެދޭ ގޮތަށް ތަރައްގީ މި ރަށަށް ޔަގީންކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *