Ad

އިސްލާމީ އިދާރާތައް ހިންގަން، ލީޑަރުން ތަމްރީނު ކުރަނީ

އިސްލާމީ އިދާރާތަށް ހިންގުމަށް ކަމަށް ގާބިލް ލީޑަރުން ތަމްރީނުކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އިސްލާމީ ދާއިރާއަކުން ދަށް ވެގެން ޑިގްރީއެއް އޮތް، އަދި ހޮވައިލެވޭ އިލްމީ ބަޔަކަށެވެ.

މި ޕްރޮގްރާމުގައި ޓްރެއިނިން ދޭ ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • އިސްލާމީ އިދާރީ ލީޑަޝިޕް
  • އިސްތިރާޖީ ވިސްނުމާއި އިސްތިރާޖީ ރޭވުންތެރިކަމާއި މުއައްސަސާތައް ބިންނާކުރާނެ ގޮތް
  • ހިންގުމާއި ޓީމު ވޯކާއި ޑިޕްލޮމަސީއާއި ކްރައިސިސް މެނޭޖްމަންޓް

މިނިސްޓަރު ވިދާޅުވީ މި ނޫން ވެސް ލީޑަޝިޕާ ގުޅުންހުރި އިތުރު ދާއިރާތަކުން ތަމްރީނު ކުރާނެ ކަމަށެވެ. އެ ތަމްރީން ކުރިއަށްގެންދާނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން އިސްލާމީ ޤައުމުތަކުގެ މުހިންމު ޝަހުސިއްޔަތުތަކާ ބައްދަލުކުރުމާއި ޤައުމުތަކަށް ޒިޔާރަތްކުރުމާއި ތަޖުރިބާ ހޯދުން ހިމެނޭނެ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ޓްރެއިނިންގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ، މިހާރު އެ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ ފަހުންވެސް ރާއްޖޭގެ އިސްލާމީ މުއައްސަސާތަކުގައި އިސްކޮށް ތިއްބަވާނެ ޒުވާން ޓީމެއް ބިނާ ކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *