Ad

ރައީސުލްޖުމްހޫރިއްޔާ، ފާދިއްޕޮޅު އޮޅުވެލިފުށީގެ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އޮޅުވެލިފުށީގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ކުރެންދޫ ޙަބަޝީ ޕްރީސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުންތަކާއި ފެނާނަރުދަމާ ނިޒާމުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމައިދިނުމަށް އެދުމާއި ކަރަންޓުގެ ޙާލަތު ރަނގަޅުކުރަން ބޭނުންވާކަމަށާއި އަދި ޚާއްސަގޮތެއްގައި ސީއެމްބިއުލަންސް ގެ ޚިދުމަތް މިހާރަށްވުރެ ފަސޭހައިން ލިބޭނެ މަގުފަހިކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ ކޮމިޓީގެ މެންބަރުންނަށް ރޯދައިނާޔަތް ހަމަޖެހިފައި އޮތުމުގެ މުހިންމުކަމާއި ބަޖެޓުގެ ދަތިކަމާހުރެ އެކޮމިޓީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ސީއެމްބިއުލާންސްއާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމަށް ހައްލެއް ހޯދަވައިދެއްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *