Ad

ރަސްގެތީމު ކައުންސިލަކީ ރައީސުލްޖުމްހޫރިއްޔާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ފެއްޓެވި މަސައްކަތުގެ ދަށުން ބައްދަލުކުރައްވާ 100 ވަނަ ކައުންސިލުކަން އެމަނިކުފާނު ފާހަގަކުރައްވައިފި

ރަސްގެތީމު ކައުންސިލަކީ ރައީސުލްޖުމްހޫރިއްޔާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިއަހަރުގެ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކުރައްވަން ފެއްޓެވި ދަތުރުތަކުގައި މިހާތަނަށް ބައްދަލުކުރައްވާ 100 ވަނަ ކައުންސިލުކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރައްވާފައި ވަނީ މިއަދު ރަސްގެތީމު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގުހެދުމާ، ފެނާ ނަރުދަމާގެ ޚިދުމަތް އިތުރު ގޭބިސީތަކަށް ދޭން ބޭނުންވާކަމާއި ސްކޫލުގެ 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަހަށް ކުރެވޭގޮތް ވުމާއި ކަލްޗަރަލް ސެންޓަރެއްގެ މުހިންމުކަމާއި އަދި އޮޑިއެހެލާ ސަރަހައްދެއްގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުންވެސް ކުޑަކުދިންގެ ޕާކް އަދި ފުޓުބޯޅަ ދަނޑުތަރައްޤީކުރުމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނެރުގެ މަސައްކަތްކުރާއިރު އޮޑިއެހެލާ ސަރަޙައްދުގެ މަސައްކަތް ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރުމަކީ ވަރަށް އިސްކަމެއްދެއްވާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *