Ad

ހިންނަވަރަށް ތަރައްގީ ގެނެސް ދޭނަން: ރައީސް

ޅ. ހިންނަވަރުގެ ރައްޔިތުން ޒަމާނުއްުސުރެ ދެކެމުން އައި އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ދެ ވަނަ މަންޒިލެއްގެ ގޮތުން ހިންނަވަރަށް ވަޑައިގެން އެ ރަށުގައި ރައީސް މުއިއްޒު ވިދާޅުވީ، ހިންނަވަރުގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އަންނަ ތަރައްގީގެ އުންމީދުތައް މިހާތަނަށް އައިރު ވެސް ފެންނަން އޮތީ ނުނިމި އުންމީދުގެ ތެރޭގައި އޮންނަ ތަން ކަމަށެވެ.

އެހެން އެކަން ދިމާވި ސަބަބަކީ ހިންނަވަރަކީ ވަކި ބައެއްގެ މިލްކެއްގެ ގޮތުގައި، "ފުލް ކޮންޓްރޯލް" އޮތް ކަމަށް ދައްކައިގެން އުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމަށް ވިޔަސް، އަޅުގަނޑު ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން. ކޮންމެ ރައްޔިތަކު ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުރި ކަމަށް ވިޔަސް ނުވަތަ ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް އަޅުގަނޑަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.

"ހަގީގަތަކަށް ނުވެ ގޮސްފައިވާ ހުރިހާ ކަމެއް ނިންމައިދީ، އިރާދަކުރެއްވިއްޔާ ހިންނަވަރަށް ދޭން ޖެހޭ ފުރިހަމަ ހައްގު އަޅުގަނޑު ހޯދައިދޭނަން."

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *