Ad

5 އަހަރަށްފަހު އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފި

ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ބަންދު ކުރި އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފިއެވެ. މި މިސްކިތް ހުޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ހެލްތް ވަޒީރު ޑރ. ޢަބްދުﷲ ޙަލީލެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހޮސްޕިޓަލެއްގައި މިސްކިތެއް ހުރުމަކީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށާއި ބަލި މީހުންގެ އެހީތެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ތިބެ މިސްކިތެއްގައި ނަމާދުކުރެވޭ ގޮތް ވުމަކީ ބަލި މީހުންނަށާއި އެހީތެރިންނަށް މަޢުނަވީ ގޮތުންނާއި ރޫޙާނީ ގޮތުން ބޮޑު ހިތްހަމަޖެހުމަކާއި ބަލިން ރަނގަޅުވުމުގެ އުންމީދު ލިބޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

މި މިސްކިތް ބަންދު ކުރުމާއިގުޅިގެން އޭރުގެ ސަރުކާރަށްގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *