Ad

އައްޑޫއިން އިންޑިޔާ ސިފައިން ފައިބައިފި

ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް ކަމަށް ބުނެ އައްޑޫ ގަމުގައި ތިބި އިންޑިއާ ސިފައިން އަނބުރާ އިންޑިޔާއަށް ގެންގޮސްފިއެވެ. އައްޑޫގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް ކަމަށް ބުނެ އިންޑިއާގެ 25 ވަރަކަށް ސިފައިން ތިބެ އެވެ. މީގެ ތެރޭގައި ޕައިލަޓުންނާއި، އިންޖިނިއަރުން އަދި އެކި ކަހަލަ ޓެކްނިކަލް މަސައްކަތް ކުރާމީހުން ހިމެނެއެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލަކު، ވިދާޅުވީ މިމަހުގެ 10 ގެ ކުރިން އައްޑޫގައި ތިބި ސިފައިން ފޮނުވާލުމަށް ސަރުކާރުން ނިންމި ގޮތަށް، އެ މީހުން މިހާރު ފުރައިގެން ގޮސްފައިވާ ކަމަށެވެ. އޭގެ ބަަދަލުގައި އިންޑިޔާގެ އާންމުންގެ ތެރެއިން މި ހެލިކަޕްޓަރު އޮޕަރޭޓް ކުރަން ބަޔަކު ގެނެސް އެމީހުންނަށް ވަނީ ތަމްރީނު ދީފައެވެ.

އޮފިޝަލް ވިދާޅުވީ އައްޑޫގައި ތިބި ސިފައިން މިވަގުތު އަނބުރާ ދިޔަ ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގައި ތިބި އިންޑިއާ ސިފައިން ވެސް އެއްބަސްވެފައިވާ ގޮތަށް ރާއްޖެއިން ފުރާނެ ކަމަށެވެ.

ހދ. ހަނިމާދު އާއި ލ. ކައްދޫގައި ތިބި ސިފައިން ބާލަން ނިންމާފައިވަނީ 10 މެއިގެ ކުރިންނެވެ.

ސަރުކާރުން ނިންމާފައި ވަނީ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ފަހު، ސިވިލިއަނުން ރާއްޖެއަށް ގެންނަ ގޮތަށެވެ. ކުރިން އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އައްޑޫގައި ސިފައިން ތިބި އަދަދަށް ސިވިލިއަނުން ގެންނާނެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 89 ސިފައިންގެ މީހަކު ތިއްބެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *