Ad

ވަރަށް އަވަހަށް ހިލާލީގެޔަށް ބަދަލުވާނަން- ނައިބު ރައީސް

އޮންލައިން ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިލާލީގެއިން ނުކުމެވަޑައިގެން ނައިބު ރައީސް ވަނީ ހުޅުމާލޭ އެޕާޓްމަންޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. އަދި، ނައިބު ރައީސް ހިލާލީގެއިން ނުކުމެވަޑައިގަތީ، ސަރުކާރުގެ ތެރެއިން ޖާސޫސްކުރާތީ ކަމަށް ވެސް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު، ނައިބު ރައީސް ހުސައިން ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ ވަނީ، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި، އެފަދަ ވާހަކަތައް ފަތުރައިގެން މުޖުތަމައި ފަސާދަކުރުން ހުއްޓާލުމަށް އެ މަނިކުފާނު ވަނީ ގޮވާލައްފާއެވެ.

ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅެން ހާއްސަކޮށްފައިވާ ގެކޮޅެވެ.

މިދިޔަ ސަރުކާރުގައި އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ދިރިއުޅުއްވީ ހީލާލީގޭގައެވެ. ސަރުކާރު ނިމުމާއިއެކު އާދައިގެ މަތިން މިސަރުކާރުން ދަނީ ހިލާލީގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *