Ad

ޔަޒީދު އަލުން ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ނަން ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދު، ވައިޖެހޭގެ، ގއ. ވިލިނގިލި އަލުން އެ މަގާމަށް އައްޔަންކުރައްވަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވައިފައެވެ.

އެގޮތުން، ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވަނީ ޔަޒީދުގެ އިތުރުން، އޭރު ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހުޅުމާލެ ފްލެޓް ނަންބަރު ސީ1-3ބީ ، ހަސަން ޒަރީރުގެ ނަމަވެ.

މަގާމަށް ރައީސް މުއިއްޒު މިއަދު ފޮނުއްވި ނަންތައް ދިރާސާކުރަން މިހާރު ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފައެވެ.

ގާނޫނު ބުނާ ގޮތުން ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަނީ ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ރުހުން ލިބޭ ނަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *