Ad

އެސްޓީއޯއިން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަނީ

މިސަރުކާރުން އިއުލާން ކޮއްފައިވާ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ތެޔޮ ސަޕްލަޔަރުންގެ ތެރޭގައި ހިމެނޭ ވީޓޮލް ކުންފުންޔާއެކު އެއްބަސް ވުމެއްގައި ސޮއި ކޮއްފިއެވެ.

ވިޓޯލް އާއި އެސްޓީއޯއިން ސޮއި ކުރި ޓާރމް ޝީޓް އަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ސޮއި ކުރެވޭ ޓާރމް ޝީޓްކެވެ.

މި އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ އަކީ ބަންކަރަކިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާރޖްއަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިންލްއަގުވާމީ ބަންކަރިނގް ހަބްއެއްގެ ގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

ވިޓޯލްގެ ބްރޭންޑް އާއި، ތަޖުރިބާ އާއި، ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުން ކޮށްގެން ދިވެހި ރާއްޖެ މާރކެޓް ކުރުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *