Ad

ގޯތީގެ ލިޔުމާއި ހަވާލުވާން އިތުރު ފުރުޞަތެއް ދޭން ނިންމައިފި

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ލިޔުމާއި މިހާތަނަށް ހަވާލުވެިއިނުވާ ފަރާތްތަކަށް ގޯތީގެ ލިޔުމާ ހަވާލުވާން އިތުރު ފުރުޞަތެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް މިހާތަނަށް 8394 މީހަކު ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ކަމަށެވެ. އަދި ގޯތި ތަކުގެ ލިޔުމާ ހާވާލުވާން އިތުރު ފުރުޞަތުތަކެއް ދެއްވިަކަމަށާއި ނަމަވެސް ގޯތިތަކުގެ ރަޖިސްޓްރީއާ ހަވާލުނުވާ ގިނަ ފަރާތްތަކެއް އަދިވެސް އެބަތިބިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން ގޯތި ތަކުގެ ލިޔުމާ ހަވާލުވާން މި މަހުގެ 16 އިން 27 ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް އިތުރުފުރުޞަތެއް ދޭން ނިންމާފައިވާކަން އެ ވުޒާރާއިން ވިދާޅުވިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ގޯތީގެ ލިޔުމާ ހަވާލުވާން އެދޭ ފަރާތްތަކުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ބިން ލިބުނުކަމުގެ ރަޖިސްޓްރީ ނުވަތަ ލިޔުމާއި ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *