ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ އިންޑިއަން އޯޝަން 2024 ގައި ފާހަގަކޮށްލެވޭ ނުވަ ކެޓެގަރީ އަކަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ. ރާއްޖެ ނޮމިނޭޓްވެފައިވާ ކެޓަގަރީތަކަކީ؛
- އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގ ބީޗް ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގ ޓުއަރިސްޓް ބޯޑް
- އިންޑިއަން އޯޝަންސް ލީޑިންގ އެޑްވެންޗާ ޓުއަރިޒަމް ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން
- އިންޑިއަން އޯޝަންސް ލީޑިންގ ވެޑިން ޑެސްޓިނޭޝަން
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ 1993 ވަނަ އަހަރު ތަޢާރަފްކުރެވުނު އެވޯޑެކެވެ. އަދި އެވޯޑަށް ދުނިޔޭގެ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ރޮނގުން އެންމެ އިޙްތިރާމް ލިބިފައިވާ އެންމެ މަޤުބޫލު އެއް އެވޯޑުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
ޑަބްލިޔު.ޓީ.އޭ ވޯލްޑްސް ކެޓަގަރީއަށް ވޯޓުލުމަށް ހުޅުވާލާފައިވަނީ މާރިޗު މަހުގެ 31ގެ ނިޔަލަށެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ހަރަކާތްތަކާއި، ރިވެތި މެހެމާންދާރީ ދެނެގަނެ، ރާއްޖެއަށް ތާއީދުކޮށް، ދަތުރުފަތުރަށް ލޯބިކުރާ ފަރާތްތަކަށާއި، ސިނާޢަތުގެ ފަންނީ ފަރާތްތަކުގެ ވޯޓު ރާއްޖެއަށް ދިނުމަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ މައި އިދާރާ އެމްއެމްޕީއާރްސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްގައި ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެ ދަނީ ގިނަ ބަޔެއްގެ ތާއީދާއެކު ފަޚުރުވެރި ވަނަތަކެއް ޙާޞިލްކުރަމުންނެވެ.