Ad

ފުވައްމުލައް ސިޓީ، ވައިކަރަދޫ، ފުނަދޫ، އަދި ވަށަފަރު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަޝްރޫޢު ޙަވާލުކޮށްފި

ފުވައްމުލަކު ސިޓީ (ދަނޑިމަގު)، ހދ.ވައިކަރަދޫ، ށ.ފުނަދޫ އަދި ހއ.ވަށަފަރު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި 4 ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ސްޕޯޓްސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ބޮޑުތިލަ އިންވެސްޓްމަންޓް، މޯލްޑިވްސް އެޝުއަރ ސަޕްލައި އަދި ކޯލްޑް ރީފްއާއެވެ.

މި 4 ރަށުގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާރފް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގެ ތެރެއިން ފުވައްމުލަކު ސިޓީ ދަނޑިމަގު ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ބޮޑުތިލަ އިންވެސްޓްމަންޓާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެރެޓަރީ ޙުސައިން ޝަރީފްއެވެ. ބޮޑުތިލަ އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރ އާމިނަތު ޝަކީލާއެވެ. މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު ސިޓީ ދަނޑިމަގު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ބޮޑުތިލަ އިންވެސްޓްމަންޓްއާއި ހަވާލުކުރީ މަސައްކަތް ފަށާތާ، 81 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،609،431.36 (ހަތަރު މިލިއަން ހަލައްކަ ނުވަހާސް ހަތަރުސަތޭކަ ތިރީސް އެއްރުފިޔާ ތިރީސް ހަލާރި) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތެކެއެވެ. ހދ.ވައިކަރަދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ކޯލްޑް ރީފް އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެރެޓަރީ ޙުސައިން ޝަރީފްއެވެ.

ކޯލްޑް ރީފްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޠާރިފް ލަތީފް އެވެ. މި އެއްބަސްވުމުގެ ދަށުން ހދ.ވައިކަރަދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ކޯލްޑް ރީފް ހަވާލުކުރީ މަސައްކަތް ފަށާތާ، 82 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،395،104.82 (ހަތަރު މިލިއަން ތިންލައްކަ ނުވަދިހަ ފަސްހާސް އެއްސަތޭކަ ހަތަރު ރުފިޔާ އަށްޑިހަ ދެލަރީ) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތެކެއެވެ.

އަދި ށ.ފުނަދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައި އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެރެޓަރީ ޙުސައިން ޝަރީފްއެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް އޮފިސަރ ހައިކަލް އަލީ މުސްތަފާ އެވެ.

މި އެއްބަސްވުމުގެ ދަށުން ށ.ފުނަދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް އެޝުއަރ ސަޕްލައި ހަވާލުކުރީ މަސައްކަތް ފަށާތާ، 84 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 3،110،670.00 (ތިންމިލިއަން އެއްލައްކަ ދިހަހާސް ހަސަތޭކަ ހަތްދިހަ ރުފިޔާ) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތެކެއެވެ. މީގެ އިތުރުން ހއ.ވަށަފަރު ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށްވެސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައި އާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެރެޓަރީ ޙުސައިން ޝަރީފްއެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް އޮފިސަރ ހައިކަލް އަލީ މުސްތަފާ އެވެ. މި އެއްބަސްވުމުގެ ދަށުން ހއ.ވަށަފަރު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް އެޝުއަރ ސަޕްލައި ހަވާލުކުރީ މަސައްކަތް ފަށާތާ، 82 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،823،382.00 (ހަތަރުމިލިއަން އަށްލައްކަ ތޭވީސްހާސް ތިންސަތޭކަ އަށްޑިހަ ދެރުފިޔާ ފަސްދޮޅަސްލާރި) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *