Ad

ރޯދައިގެ ޞިއްޙީ ފައިދާތަކަށް ނަޒަރެއް

ރޯދަ ހިފުމަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ. އެކަމުގައި ޞިއްޙަތަށް ވަރަށް ގިނަ ފައިދާތައް އެކުލެވިގެން ވެއެވެ، ތިރީގައި އެވަނީ ރޯދައިގެ ޞިއްޙީ ފައިދާތަކާމެދު ޑޮކްޓަރުން ލިޔެފައިވާ ބައެއް ލިޔުންތަކުގެ އަލީގައި ފާހަގަކޮށްފައިވާ 4 ނުކުތާއެކެވެ.

 

ރޯދަ ހިފުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ދިރާސާތަކުން ދައްކާގޮތުގައި ރޯދައަށް ހުރުމަކީ ހިތުގެ ބަލިތަކަށް އޮތް ޝިފާއެކެވެ. އަދި ހިތުގެ ލޭ ހޮޅިތައް ދުޅަހެޔޮ ކަންމަތީގައި ބަހައްޓައިދޭ ކަމެއް ވެސް މެއެވެ.

 

ރޯދަ ހިފުމުން ހިތަށް ހަމަޖެހުން ލިބޭ

ތަފާތު ބަލިތަކުން ރައްކާތެރި ކޮށްދިނުމުގެ އިތުރަށް ރޯދައަށް ހުރުމަކީ ހިތްހަމަ ޖެހުން ގެނެސްދޭ ކަމެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ރޯދައަށް ހުރުމަކީ ބޭކާރު ވިސްނުން ތަކާއި ޚިޔާލުތަކުން ވެސް ދުރުކޮށްދީ ސިކުނޑި ތާޒާ ކަންމަތީގައި ބަހައްޓައިދޭ ކަމެކެވެ.

 

ރޯދަ ހިފުމުން ހަކުރުބަލިން ދުރުކޮށްދޭ

ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުގައި އިންސުލިން އުފައްދައިދޭ މަދު ވެގެން ދެއެވެ. ހަމައެއާއެކު ރޯދއަށް ހުންނަން ފަށާތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހަށިގަނޑުން 30 އިންސައްތަ ހަކުރު ދަށް ކޮށްދޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ.

 

ރޯދަ ހިފުމުން ދުޅަހެޔޮކަން ދަމަހައްޓައިދޭ

ރޯދައަށް ހުރުމަކީ ހަށިގަނޑުގައިވާ ހޯމޯންސް ތަކަށާއި އެކި އެކި ކެމިކަލް ރިއެކްޝަން ތަކަށް އަސަރު ކުރުވާ ކަމެކެވެ. އޭގެ ސަބަބުން ފެޓް ޓިޝޫތައް ވިރުވައިދީ ބަރުދަން ލުއިކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *