Ad

ހައްދުންމަތީ ގަން، އަދި ހުޅުލެ – 2023 ވަނަ އަހަރު އެންމެ ހޫނު ގަދަ ދެ ރަށް

މިދިޔަ އަހަރުގެ ރެކޯޑްތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ހޫނުގަދަވީ ރަށަކީ ލ.ގަން ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ. އެ ރަށަށް ވަނީ މުޅި އަހަރުގެ ތެރޭގައި 2،776.6 ގަޑިއިރު އަވި ދީފައި އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުމްލަ 2683.1 ގަޑިއިރުގެ އަތްވާއި އެކު ދެވަނައަށް އެންމެ ހޫނުގަދަ ރަށަކީ ހުޅުލެކަމަށްވެސް މެޓުގެ ރިޕޯޓުތަކުން ދައްކައެވެ،

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށް ރެކޯޑު ކުރެވިފައިވަނީ މެއި މަހެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖެއަށް ހޫނު ގަދަވާނެއެވެ. ރާއްޖޭގެ ހޫނުމިން މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އުފުލެމުން އަންނަ ކަމަށް ރެކޯޑުތަކުން ދައްކައެވެ. ހޫނު ގަދަވަމުން ދިއުމަކީ، މޫސުމީ އެނޫން އަސަރުތައް ރާއްޖެއަށް އިތުރުވަމުން ދާނެ ސަބަބެއްކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *