Ad

މެޑިކަލް ޗެކަޕް ހިލޭ ހަދައިދޭން ފެށުން : 500 އަށްވުރެ ގިނަ މީހުން މިހާތަނަށް ޗެކަޕް ހަދައިފި

އާސަންދައިގެ ދަށުން މާލެ ސަރަޙައްދުން 500 އަށްވުރެ ގިނަ މީހުން މެޑިކަލް ޗެކްއަޕް ހަދައިފިއެވެ.

އާސަންދައިގެ ދަށުން ސަރުކާރުގެ ސިއްހީ ޚިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖެއްސީ މިދިޔަ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުގައެވެ.

ޕީއެސްއެމް ނިއުސްއަށް އައިޖީއެމްއެޗްއާއި ހުޅުމާލެ ހޮސްިޓަލުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާރިޗުމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 540 މީހަކު ވަނީ މެޑިކަލް ޗެކްއަޕް ހަދާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންކަން ފާހަގަކޮށްލެވެއެވެ.

މި ތަފާސްހިސާބަށް ބަލާއިރު ހުޅުމާލެ ހޮސްޕިޓަލުން 323 މީހަކު ވަނީ މެޑިކަލް ޗެކްއަޕް ހަދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 178 އަންހެނުންނާއި 145 ފިރިހެނުންނެވެ. މިވަގުތު އެ ހޮސްޕިޓަލްގެ ވެއިޓް ލިސްޓްގައި 30 މީހުން ތިބިކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 15 އަންހެނުންނާއި 15 ފިރިހެނުންނެވެ. އެ ހޮސްޕިޓަލުން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު 12 މީހުންނަށް މެޑިކަލް ޗެކްއަޕް ހަދައިދޭއިރު މިހާތަނަށް އެންމެ ގިނައިން މެޑިކަލް ޗެކްއަޕް ހަދައިދީފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން 217 މީހަކު ވަނީ މެޑިކަލް ޗެކްއަޕް ހަދާފައެވެ. އެއީ 122 އަންހެނުންނާއި 95 ފިރިހެނުންނެވެ.

މީގެ އިތުރުން ވެއިޓް ލިސްޓްގައި 345 މީހުން ތިބިއިރު އޭގެ ތެރޭގައި 178 އަންހެނުންނާއި 167 ފިރިހެނުން އެބަތިއްބެވެ. އައިޖީއެމްއެޗްއިން ވިދާޅުވީ، އެ ހޮސްޕިޓަލުން މެޑިކަލް ޗެކްއަޕް ހަދައިދެނީ ކޮންމެ އާދިއްތަ ދުވަހެއްގައާއި އަންގާރަ ދުވަހުގައިކަމަށެވެ. އަދި އާންމުކޮށް މިއިން ކޮންމެ ދުވަހަކު 20 މީހުނަށް މެޑިކަލް ޗެކްއަޕް ހަދައިދޭއިރު ރަމަޟާންމަހު މެޑިކަލް ޗެކްއަޕް ހަދައިދެނީ 12 މީހުންނަށެވެ.

މިހާރު ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވީނަމަވެސް 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި، 19 އަހަރުން ދަށުގެ ކުދިންނަށް އަންނަމަހު މި ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މިޚިދުމަތް ފެށޭނީ 1 ޖުލައި 2024 ގައެވެ.

އަހަރަކު 2 ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *