Ad

އދ ގެ ޤަރާރާ އެއްގޮތަށް ޢަމަލުކުރަން ރައީސް ގޮވާލައްވައިފި

އިޒްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުންފާސްކުރި ގަރާރާ އެއްގޮތަށް އަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްރާއީލަށް ގޮވާލައްވައިފިއެވެ.

އިސްރާއިލުން، ފަލަސްތީނުގެ ޣައްޒާ ދެމުން ގެންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލަން ގޮވައިލައި ގަރާރެއް އދ.ގެ ސަލަމާތީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒާރާއީލުންޣާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ފާސްކުރުމަކީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށާ ގަރާރު ފުރިހަމައަށް ތަންފީޒުކޮށް، އެ ގަރާރަށް އިޒްރޭލުން ފުރިހަމައަށް ތަބާވާން ގޮވާލައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިގޮތުގައި ދެމިތިބެ، ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ ހަމަލާތަކަށް ދާއިމީ ނިމުމެއް ގެނައުމަށް ކަމަށެވެ. އަދި ހަމައެހެންމެ އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވާ އަދި ގާޒާގެ ރައްޔިތުންނަށް މުޅި ދުނިޔެއިންވެސް އިތުރު މަސައްކަތްތަކެއް ކޮށްދޭންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އުއްމީދަކީވެސް މި މާތްވެގެންވާ ރަމަޟޯން މަހުގެ ރޫހު ގާޒާގެ މުސްލިމުންނަށް ގެނުވަދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަލާތައް ހުއްޓާލުމަށް ފާސްކުރި ގަރާރުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން އެއްވެސް ޝަތުތަކާ ނުލައި ދޫކޮށްލުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރޭ ފާސްކުރި މި ގަރާރުގަ، އދ. ގެ ސަލަމާތީ މަޖިލީހުގެ 15 ގައުމުގެ ތެރެއިން އެމެރިކާ ފިޔަަވައި ހުރިހާ ގައުމަކުން ވަނީ ވަގުތުން ހަމަލާތައް ހުއްޓާލަން ތާއީދުކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރާއީލުގެ ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,333އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,694 އަށް އުފުލިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *