Ad

ގުޅީފަޅު ހިއްކައި ނިމެނީ. 94 ޕަސެންޓް މަސައްކަތް ފުރިހަމަކޮށްފި.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ތަރައްގީކުރަމުންދާ ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ 94 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކްސް ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނީ، ކ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން 16.9 މިލިއަން ކިޔުބިކް މީޓަރުގެ ބިން ހިއްކާފައިވާކަމަށެވެ.

ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދުގެ ތެރެއިން 16.9 މިލިއަން ކިއުބިކް ހިއްކާ ނިންމާފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ 94 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އާންމުކޮށްފައެވެ.

މި ލޭންޑް ޔޫސް ޕްލޭނަކީ މި ސަރުކާރުން އަލުން އެކުލަވާލި ޕްލޭނެކެވެ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާ ގޮތުގައި ކުރީ ސަރުކާރުން މާލޭ މީހުންނަށް ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދީފައި ހުރީ އެއްވެސް ޕްލޭނެއް ނެތިއެވެ. އެގޮތުން، ކުރީ ސަރުކާރުން ވުޖޫދުގައި ނެތް ތަންތަނުން ގޯތި ދީފައި ވަނީ އެއްވެސް ޕްލޭނެއް ނެތި "ހަމަ ގޮޅިތަކެއް ޖަހާލައިފަ" ކަމަށާއި ގޯތި ދީފައި ހުރީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް އެއްވެސް ޖާގައެއް ކަނޑައެޅުމަކާ ނުލައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވި ގޮތުގައި އެ ޕްލޭން ތަންފީޒުކުރާ އިރު، ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބައެއް މީހުންނަށް ގޯތި ދޫކޮށްފައި ހުރި ލޮކޭޝަނަށް ބަދަލު އަންނާނެއެވެ. އެހެން ނަމަވެސް ގޯތި ލިބިފައިވާ އެންމެންނަށް އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުޢިއްޒު ވަނީ ދެއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *