Ad

ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ގެދޮރު އަޅަން ލުއިލޯނު ދޭން ސަރުކާރުން ތައްޔާރުވެއްޖެ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ގެދޮރު އެޅުމަށް އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރާއާއި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ގެދެރުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އަދި އެޗް.ޑީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުންޏާއި އަލަށް ހަވާލުވި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކުރާ ލޯނު ސްކީމަށް ދީފައިވަނީ "ހިޔާވެހި ފައިނޭންސް ސްކީމް" މި ނަމެވެ. މި ސްކީމާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޙައިދަރު ވިދާޅުވީ ގެދޮރު އެޅުމަށް ލުއި ލޯނެއް ހަމަޖައްސަވައިދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.

އެގޮތުން މި ލޯނުތައް ދޫކުރާނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެން ކަމަށެވެ. އެއީ މާލެ ސަރަޙައްދާއި ރައީސް ކަނޑައަޅުއްވާ އާރބަން ސެންޓަރުތަކަށް ޚާއްސަ ލޯން ސްކީމަކާއި، އެނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ.

މާލެ ސަރަޙައްދާއި އާރބަން ސެންޓަރުތަކަށް ލޯން ދޫކުރަނީ ތިން މިލިއަން ރުފިޔާއާއި ހަމައަށެވެ. އަދި މި ލޯން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދައްމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެނޫން ސަރަޙައްދުތަކަށް އެއް މިލިއަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާއިރު އެ ފަރާތްތަކަށްވެސް 25 އަހަރަށް ބަހާލައިގެން ލޯން ދެއްކުމުގެ އިންތިޒާމު ހަމަޖޭހެނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާތަނަށް އެންމެ ބޮޑަށްވެސް ނެގޭން ކުރީ ސަރުކާރުތަކުން ނިންމާފައި އޮތީ 700،000ރ. އާއި ހަމައަށް، މިހާރު އަޅުގަނޑުމެން އެބައި އިތުރުކޮށްލީ 1 މިލިއަން ރުފިޔާއާއި ހަމައަށް. އިންޓްރެސްޓް ރޭޓް ކުރިން އެންމެ ދަށްވެގެންވެސް ދެމުން އައީ 6 އިންސައްތައިގައި. މިހާރު 5 އިންސައްތަ އާއި ހަމައަށް ދަށްކުރީ. ކުރިން އެންމެ ދިގުކޮށް ލޯން ދެއްކުމަށް ދޭ މުއްދަތަކީ 20 އަހަރު. މިހާރު އަޅުގަނޑުމެންގެ ލޯނު ނަގާ ފަރާތްތަކަށް 25 އަހަރަށް ދަންމާލަން ފުރުސަތު އޮންނާނެ. " ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ދޫކުރަން ފަށާނީ އަރބަން ސެންޓަރުތަކާއި މާލެ ސަރަޙައްދު ނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނު ކަމަށެވެ. އަދި އަރބަން ސެންޓަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނުވެސް ވީހާ އަވަހަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން ލޯނަށް އެދޭނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އެހައި ހިސާބުން އެ މައުލޫމާތު އެޗްޑީއެފްސީއަށް ފޯރުކޮށްދީގެން އެޗް.ޑީ.އެފް.ސީގެ ސްކްރީނިންގ ފުރިހަމަ ކުރާ ފަރާތްތަކަށް ލޯނު ދޫކުރެވިގެން ދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ފޮޓޯ
ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން މަރްޙަބާ ދަންނަވަނީ. ރައީސް ނިލަންދޫއަށް ފައިބާވަޑައިގަތީ ވާރޭވެހެމުންދިޔަ ވަގުތެއްގައިކަމަށް ވީނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެ ތިބި. މިރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއް ރައީސް ވަނީ އިޢުލާންކުރައްވާފައި.
ފޮޓޯ
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާ، އެމްޑަބްލިއުއެސްސީ އިން މިއަދު ސޮއިކުރަނީ. 282 މިލިއަން ރުފިޔާގެ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިމޭއިރު އައްޑޫ ސިޓީގެ އާބާދީއަށް ބޭނުންވާނެ މީރު ފެން އެ ސިޓީގައި އުފައްދަމުންދާނެ. އަދި ފެން އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، މިހާރު ކުރިމަތިވަމުންދާ ދަތިތައް އެކީ ހައްލުވެގެން ދާނެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދަނީ ދެމުން.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *