Ad

ރައީސްގެ އިރުޝާދާއެކު ދިވެހި ޢުމްރާވެރީންގެ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިއްޖެ

އުމްރާގެ މާތް އަޅުކަން އަދާ ކުރުމަށްދާ ދިވެހިން، މައްކާއާއި މަދީނާއާ ދެމެދު ކުރަމުން އައި ދިގު ދަތުރަށް ނިމުމެއް ގެނެސްދީފިއެވެ. މިކަން ހާމަކުރެއްވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލެވެ.

އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، އުމްރާގެ މާތް އަޅުކަން އަދާ ކުރުމަށްދާ ފަރާތްތަކުން އުފުލަން ޖެހޭ ތަކުލީފުތަކަށް، ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވުމަށް ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ އިރުޝާދާ ގުޅިގެން، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކުން ފުރަތަމަ ފަހަރަށް ހައިސްޕީޑް ޓްރެއިން ގައި މައްކާއިން މަދީނާއަށް ދަތުރުކޮށްފައިވާ ކަމަށެވެ.

މި ބަދަލާއެކު ކުރިން ބަހުގައި 7 ގަޑިއިރުގެ ދިގު ދަތުރެއް ކުރަން ޖެހުނު ޖެހުން ނިމުމަކަށް އައިސް، ހައި ސްޕީޑް ޓްރެއިންގައި ދެ ގަޑިއިރުގެ ތެރޭގައި މި ދަތުރު ކުރެވޭނެއެވެ. ހައްޖާއި އުމްރާއަށްދާ ދިވެހީންނަށް ފަސޭހަ ގޮތްތަކެއް ސަރުކާރުން ދަނީ ހަމަޖައްސައިދެމުންނެވެ.

އެގޮތުން ހައްޖާއި އުމްރާވެރިން ރާއްޖެއަށް ގެންނަން ބޭނުންވާ ތަކެތި ސަޢޫދީ އަރަބިއްޔާގެ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައުމުގެ އިންތިޒާމު ވެސް ވަނީ މި މަހުގެ ކުރީކޮޅު ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *