Ad

ރައީސްގެ ދީލަތި ނިންމެވުމެއް : ފަހު 10 ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތެއް ލިބޭނެ

ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން، އެދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ވަޒީފާއަށް ނިކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް ސޮއިކުރައްވާ ނެރުއްވި ސާކިއުލާކެއްގައި ވަނީ، އެ އިނާޔަތް ދޭނެ ގޮތާއި އިނާޔަތް ދޭނެގޮތާއި، އިނާޔަތް ދެވޭނެ މުވައްޒަފުންވެސް ބަޔަންކޮށްފައެވެ.

އެގޮތުން އެ އިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނުކުންނަށް ޖެހޭނެކަމަށް ކަނޑަައަޅާ މުވައްޒަފުންނަށް އެކެނިކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އިނާޔާތް ދިނުމަށް ނިންމާފައިވަނީ އޭޕްރިލް މަހުގެ މުސާރައާއި އެކުގައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ވަނީ ނިންމަވާފައެވެ. މިގޮތަށް މި ހަމަޖެއްސެވީ، ރާއްޖޭގައި އިސްލާމީ އުޞޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *