Ad

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށްގެންދަވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަމަޟާންމަހުގެ ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ހަމަ އެހެންމެ މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އަދި ކާޑުގެ ބާވަތްތައް ހިމެނޭހެން ރޯދަ ހަދިޔާ ސަރުކާރުން ވަނީ ރައްޔިތުންނަށް ބައްސަވާފައެވެ. އަދި ރޯދަމަހު ކަރަންޓާއި ފެނުގެ ބިލުތަކަށް ލުޔެއް ދެއްވުމުގެ ގޮތުން، ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މަޢާފްކޮށްދެއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. މިހުރިހާ ކަމަކަށް ބަލާއިރު މިއަހަރުގެ ރޯދަމަހަކީ ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިފުރުޞަތުގެ ބޭނުންހިފައި ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ފޮޓޯ
ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން މަރްޙަބާ ދަންނަވަނީ. ރައީސް ނިލަންދޫއަށް ފައިބާވަޑައިގަތީ ވާރޭވެހެމުންދިޔަ ވަގުތެއްގައިކަމަށް ވީނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެ ތިބި. މިރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއް ރައީސް ވަނީ އިޢުލާންކުރައްވާފައި.
ފޮޓޯ
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާ، އެމްޑަބްލިއުއެސްސީ އިން މިއަދު ސޮއިކުރަނީ. 282 މިލިއަން ރުފިޔާގެ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިމޭއިރު އައްޑޫ ސިޓީގެ އާބާދީއަށް ބޭނުންވާނެ މީރު ފެން އެ ސިޓީގައި އުފައްދަމުންދާނެ. އަދި ފެން އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، މިހާރު ކުރިމަތިވަމުންދާ ދަތިތައް އެކީ ހައްލުވެގެން ދާނެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދަނީ ދެމުން.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *