Ad

ދިރާގު ގުޑި ފެސްޓިވަލް ހުޅުމާލޭގައި

ދިރާގު ގުޑިފެސްޓް މިއަދު ހުޅުމާލޭގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ފޭސް 2ގެ އެންޓްރެންސްގައެވެ.

ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ދިރާގު ގުޑިފެސްޓްގައި ބައިވެރިވެވޭނެކަމަށާއި އަދި މި އިވެންޓަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބިގެންދާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގު ގުޑިފެސްޓް އަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރު އެކުންފުނިން ފެށި ހަރަކާތެކެވެ. އެގޮތުން ވޭތުވެދިޔަ ރަމަޟާން މަހެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެއެވެ.

އެގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް އިވެންޓް ވަނީ މިދިޔަ އަންގާރަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވާފައެވެ. މި ހަރަކާތަށް ވަނީ އާންމުންގެ ހޫނު ތަރުހީބެއް ލިބިފައެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ހިތްގައިމު ހަރަކާތްތަކާއި އޮފާތައް ގެނެސްދެމުންނެވެ. އަދި އެކުންފުނިން ވަނީ ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކަކީ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *